ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ކުރިއަށް ގެންދިޔަ #އާސްކްއެސްއާރްކޭ ސެޝަނެއްގައި އޭނާގެ ޒާތީ ދިރިއުޅުމާއި އާދަތަކާ ގުޅޭގޮތުން ސަޕޯޓަރުން ކުރި ގިނަ ސުވާލުތަކަކަށް ޖަވާބުދީފިއެވެ.
މި ސެޝަން ބާއްވާފައިވަނީ 15 ސެޕްޓެމްބަރު 2026 ގައެވެ. މިއީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ސިނަމާތަކަށް އައުމަށް ބާކީ 100 ދުވަހަށް ވެފައިވަނިކޮށެވެ.
މި ސެޝަންގައި ސަޕޯޓަރަކު ވަނީ އޭނާގެ ހަގީގީ ދިރިއުޅުމުގައި ރަސްކަލެއް ފަދައިން ކުރާ އެންމެ ބޮޑު ކަމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެމުން ޝާހްރުކް ބުނީ، ކޮންމެ ދުވަހަކު ހެނދުނު އެނދުގައި އޮވެ ތިން ތަށި ކޮފީ ބޮއެ ނިމެންދެން އެއްވެސް މީހަކަށް އޭނާއާ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި މަސައްކަތަށް ގަޑިޖެހުނު ނަމަވެސް އެ އާދަ ދޫނުކުރާ ކަމަށާއި، އެކަމުގެ ސަބަބުން ފިލްމު ސެޓަށް ގޮސް ގަޑިޖެހުމުން އެއްޗެހި އަޑުއަހަން ޖެހި، ރަސްކަލެއްގެ އިހުސާސް ގެއްލިގެންދާ ކަމަށް މަޖާޒީ ގޮތަކަށް އޭނާ ބުންޏެވެ.
މީގެއިތުރުން، އެތައް އަހަރެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް، އަދިވެސް އޭނާ އެންމެ ޖެހިލުންވަނީ ކޮން ކަމަކަށްތޯ ސަޕޯޓަރަކު އެހުމުން ޝާހްރުކް ބުނީ، މަންޒަރުތަކުގައި "ޕަންޗް ލައިން" އެންމެ ފުރިހަމައަށް ބުނެދިނުމަކީ އަދިވެސް އޭނާ ޖެހިލުންވާ ކަމެއް ކަމަށެވެ.
މި ސެޝަންގައި ޝާހްރުކް މިހާރު ކިޔަމުންދާ ފޮތަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ހާމަކުރި ގޮތުގައި، އޭނާ މިހާރު ކިޔަމުންދަނީ ބްރެންޑަން ސެންޑަސަންގެ މަޝްހޫރު ފެންޓަސީ ސީރީޒް "މިސްޓްބޯން" ގެ ތިންވަނަ ފޮތް ކަމަށްވާ "ދަ ހީރޯ އޮފް އޭޖަސް" އެވެ. އަދި އެއްވެސް ބޭނުމެއް ނެތް ހުނަރަކުން މޮޅުވާން ފުރުސަތު ލިބިއްޖެނަމަ ހިޔާރުކުރާނީ ކޮން ކަމެއްތޯ އެހުމުން އޭނާ ބުނީ "ފިޖެޓްސް" ކަމަށެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން-އެޑްވެންޗާ ފިލްމު "ކިންގް" ގައި ޝާހްރުކްގެ އިތުރުން ސުހާނާ ޚާން، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ޖައިދީޕް އަހްލާވަތު، އަބޭ ވަރްމާ އަދި އަރްޝަދު ވަރްސީ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު