މިންހާޖް ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން
މިންހާޖް ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން
އއ. މާޅޮސް ކައިރިއަށް މީގެ ހަތަރު އަހަރު ކުރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑަށް ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖު މަރުވެފައިވާ ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު ބޭއްވުމަށް ނިންމައިފިއެވެ.

މިންހާޖުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައެވެ.

މި ހާދިސާ ހިނގާފައިވަނީ 5 އޮކްޓޯބަރު 2022 ގައެވެ. ދެ މީހުންނާ އެކު މާލޭ ކުނިކޮއްޓާ ދިމާލުން އއ. އުކުޅަހަށް ދިއުމަށް ފުރި ލޯންޗު ބަންޑުން ޖަހާލި މި ހާދިސާގައި މިންހާޖު ގެއްލުނުއިރު، އޭނާއާ އެކު ދަތުރުކުރި އަނެއް މީހާ ވަނީ ފަތާފައި އެ އަތޮޅު ފެރިދުއަށް އަރައި ސަލާމަތްވެފައެވެ.

ހާދިސާއާ ގުޅިގެން މިންހާޖު ހޯދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކަނޑުމަގުންނާއި ވައިގެ މަގުން ވަރަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ހިންގިއެވެ. ނަމަވެސް، ކަނޑުގެ ބޮޑު ސަރަހައްދެއް ބެލުމަށް ފަހު، އޭނާގެ އެއްވެސް އަސަރެއް ނުފެނުމުން ހަތަރު ދުވަސް ފަހުން އެ އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ.

މީގެކުރިން ވެސް ކަނޑަށް ގެއްލުނު ބައެއް މީހުންގެ މައްޗަށް ކަށުނަމާދު ކުރަން އިއުލާނު ކުރުމަށްފަހު، ކޯޓުން އެކަމުގައި ވަކި ގޮތެއް ނުނިންމާތީ އެކަންކަން ހުއްޓިފައި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް