މިއަދު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަކީ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ވާހަކައެވެ. މިއީ މިހާރުގެ ސަރުކާރުގެ ވަޢުދެކެވެ. އެންމެ އަޑު ހަރުކޮ ދެކެވުނެއް ކަމަކު މިހާތަނަށް ނުފުއްދި އޮތް އެންމެ ހައްސާސް ވަޢުދު ކަމަށް ބެލެވޭ މި ވަޢުދު ފުއްދުމުގެ ވާހަކައިގެ އަޑު ގަދަވެ މާބޮޑަކށް މިއަދު މިކަމުގެ ޚިޔާލު ތަފާތުވެގެން މިއުޅެނީވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ.
މިދެންނެވި އެންމެ ކުޑަ އުޖޫރައިގެ ވާހަކަ މިއަދު މާ ބާރަކަށް މިދެކެވެނީ ކުރިއަށް އޮތް ކައުންސިލް ތަކުގެ އިންތިޚާބު ބޯމަތިވެގެން އުޅޭތީ ކަމަށް ބެލެވެއެވެ. ވަޢުދު މައްޗަށް ވަޢުދުވެ ބައެއް ވަޢުދު ތަކުގެ މަތި އެޅުމަށް ނުފޯރާ ފޮތޮކޮޅެއް އަޅައިގެން އުޅެނިކޮށް އައުރަވެސް ފެންނަ ހިސާބަށް ހިނގައްޖެ ކަމަށްވެސް ބައެއް ފަހަރު ހީވެއެވެ.
އެންމެ ކުޑަ އުޖޫރައިގެ ވާހަކައަކީ އެންމެ ވަރުގަދަ ރިޔާސީ ވަޢުދަކަށްވީ ސީދާ އާންމު ރައްޔިތު މީހާއާއި އެމީހާއަށް ލިބޭ އާނމްދަނީއާއި އެމީހާގެ ސީދާ ދިރިއުޅުމާއި ވެސް ގުޅޭތީއެވެ. އެހެން ކަމުން އެންމެ ކުޑަ އުޖޫރައިގެ ވާހަކަ ދައްކާލާއިރަށް ޖަޒުބާތުގައި ޖެހި ކެކިއަރާގޮތް ވަނީއެވެ.
އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާނެ މިންވަރަކާއިމެދު އަދި މުޅިން ގޮތެއް ނިންމުނު ހެނެއް ހިއެއް ނުވެއެވެ. އެކަމަކު އެކަމަށް ހައްދަވާފައި އޮތް ކޮމިޝަނުން ނުވަތަ ކޮމިޓީގެ ޚިޔާލު މިހާރު މިވަނީ މީޑިޔާގެ ޒަރީޢާއިން އާންމުންގެ ތެރެއަށް ދޫކޮށްލާފައެވެ. ޓެސްޓް ކޮށްލަން ކަމަށްވެސް ވެދާނެ އެވެ. ނޫނީ ޖަޒުބާތުގެ އޮއިވަރު ހުރި މިންވަރެއް ބަލައިލާން ކަމަށްވެސް ވެދާނެއެވެ. ޔަގީންވާ އެކައްޗަކީ އެކިޔާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ކުރެވިފައިވާ ރަނގަޅު އާރުލާ ދިރާސާއެއް ނެތް ކަމެވެ. ބާޒާރުގައި ހުރި މުސާރަތައް އަޅުވާ ކިޔަނީއެވެ.
އެބުނާ މުސާރަ ހައްދަވާ ކޮމިޝަނުން އެންމެ ފަހުން ދޫކޮށްލި ޚަބަރުތަކަށް ބުރަވާއިރު އެބުނާ ކުޑަ އުޖޫރައަކީ 6 ހާސް ރުފިޔާއެވެ. ނުވަތަ އެއަށްވުރެ މަތިވަނީ ކުޑަ ތަންފުކެކެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު އާންމު މީހާގެ މަސްލަހަތަށް ވުރެ ސަރުކާރުން ބަލަނީ ވިޔަފާރިވެރިންގެ މަސްލަހަތަށް ކަމަށްބުނެ އިވޭ އަޑުތައްވެސް ކުޑައެއް ނޫނެވެ. އެއީ ވެސް ނުވެ ނުދާނެ ކަމެކެވެ. ކޮންމެ ސަރުކާރެއް އޮތަސް ބާރު ހިނގާނީ މަތިން ތިރިއަށެވެ. އިންސާނީ ޙައްޤޭ ހަމަ ހަމަ ކެމޭ ކިޔަސް އެކަން އޮތީ އެހެންނެވެ. ސަރުކާރުން ކިތަންމެ ނޫނެކެ ބުންޏަސް ކެމްޕޭން ތަކަށް އެހީތެރިވާ ފަރާތްތަކުގެ މަސްލަހަތު އިސްވާނެއެވެ.
އެބުނާ އުޖޫރައެއް ކަނޑައަޅަން މިއަދު ވަރަށް ބާރަށް މަސައްކަތް ކުރާ ކަމަށް އަޑުތައް އިވޭއިރު މިހާތަނަށް މިކަމުގައި ހެދިފައި އޮތީ ކޮންފަދަ ދިރާސާއެއް ކަމެއް ނޭނގެއެވެ. އަދި އެކިޔާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އެމަސައްކަތް ކުރަނީ އަމިއްލަ ކުންފުނި ތަކުގައި ދޭ މުސާރައިގެ އޮނިގަނޑަށް ބަލައިގެން ތޯ ނޫނީ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ މުސާރަ ތަކަށް ބިނާކޮށްގެން ތޯ ނޫންނަމަ ސަރުކާރުގެ މުސާރައިގެ އޮނިގަނޑަށް ފައްތައިގެން ތޯ ކަމެއް ކަށަވަރުކޮށް އަދި ނޭނގެއެވެ. އެނގޭ ހާވެސް އެއްޗަކީ ސަރުކާރުގެ އުޖޫރައިގެ އޮނިގަނޑު ކަށަވަރު ކުރެވުނަސް ދެންހުރި ދާއިރާތަކުގެ އެއްވެސް އެއްޗެއްގެ ހިސާބެއް ދިމާ ނުކުރެވޭނެ ކަމެވެ.
ޕެންޝަން ބިލު އައުމާއެކު އެބިލަށް ފައްތައިގެން މުސާރަދޭން ހުރިހާ އެންމެން ވެސް އޮތީ މުސާރައިގެ އޮނިގަނޑު ގަޑުބަޑު ކޮށްފައެވެ. މިހާރު އެންމެ ރަނގަޅަށް މުސާރަ ދޭ ކުންފުނިތަކުންވެސް މުސާރަ ހަދާއިރު ކުރިން ގަނޑުކޮށް ޖަހާބައި ހިސާބު ބައިބައިކޮށް ބަހާލީއެވެ. މިހާރު މުސާރަ ވަކިކޮށް ލިވިންގ އެލަވަންސާއި ފުޑް އެލަވަންސާއި ޕްރޮފެޝަނަލް އެލަވަންސާއި އެކޮމޮޑޭޝަން އެލަވަންސާއި މިހެންގޮސް މުޅި މުސާރަ ސްލިޕް ފުރިފައި އޮންނަނީ މިކަހަލަ އެލަވަންސް ތަކުންނެވެ. އެހެން ވީމާ 20 ހާސް ރުފިޔާގެ މުސާރަ ލިބޭ މުއައްޒިފަށްވެސް މުސާރައިގެ ގޮތުގައި މިހާރު ޖަހަނީ 4 ނުވަތަ 5 ހާސް ރުފިޔާއެވެ. ދެން އޮތް ބައި ހަމަކުރަނީ އެލަވަންސް ތަކުންނެވެ. މިހެން ހެދީމާ ޕެންޝަނަށް ކުންފުނިން ލާން ޖެހޭ މިންވަރު ކުޑަވަނީއެވެ. ދެން މި ހިސާބަށް ބަލައިގެން އެންމެ ކުޑަ މުސާރަ ކަނޑައަޅާ ކޮމިޝަނުން ހިސާބު ޖެހީމާ ވާނެ ހައެތި ވާން އުޅެނީ ކަމުގައި ބެލެވެއެވެ.
ދެން އޮތީ އެންމެ ކުޑަ މުސާރަ ހަދަން ރިސޯޓް ބޯއީސް ގެ މުސާރައަށް ބިނާ ވުމެވެ. އަސްތާ، މިއީ އަދި މާ ގޯސް ގޮތެކެވެ. ގިނަ ރިސޯޓްތަކުގައި މުސާރަ ކުޑަކޮށް ދިނުމުގެ ސަގާފަތެއް ފެށިގެން އައީ ރިސޯޓު މުވައްޒަފުންނަށް ލިބޭ ޓިޕްސްއާއި ސަރވިސް ޗާޖަށް ބިނާކޮށްގެންނެވެ. ޓިޕްސްއާއި ސަރވިސް ޗާޖަކީ ކުރީން ނިކަން ރަނގަޅަށް “ފަލަކޮށް” ލިބުނު އެއްޗެކެވެ. އެކަމަކު މިހާރު ގިނަ ތަންތާނގައި އެއެއްޗެއް ދެނީ ހަމަ ނަމަކަށެވެ. ޓިޕްސް ކިޔާ އެއްޗެއް މިހާރު އެއީ ދިނުން މަނާ އެއްޗެކެވެ. ކުޑަ މުސާރައިގެ ހަގީގަތް އޮޅުވާލައިގެން އުޅޭ ރިސޯޓް ތަކުން އެބުނާ ސަރވިސް ޗާޖުވެސް އޮޅުވާލާފައި އޮތީ ހިންޏަށް ހަކުރު އޮޅުވާލާ ގޮތަށެވެ. 99 އިންސައްތަ ބަހަން އޮންނަ އެއްޗަކުން ބަހަނީ އެންމެ އެކެއް އިންސައްތައެވެ. އެހެންވީމާ ހަމައެކަނި އެންމެ ކުޑަ މުސާރަ ހަމަޖައްސައިގެން ވާކަށް ނެތެވެ. ސަރވިސް ޗާޖުގެ އަސް މަޤުޞަދު އޮޅުވާލިޔަ ނުދީ އޭގެ ޙައްޤުވެރީންނަށް އެ ބަހާތޯ ވެސް އެބަ ޔަގީން ކުރަން ޖެހެއެވެ.
އެންމެ ކުޑަ މުސާރައަކީ 6000 ނުވަތަ 6500 ރުފިޔާއަށް ކަމުގައި ކަނޑައެޅި ކަމަށް ވާނަމަ އެއީ ކޮން އުސޫލަކަށް ކޮން ދިރާސާއަކަށް ބުރަވެ ކަނޑައެޅު އަދަދެއްދެއްތޯ ސުވާލު އުފެދެއެވެ. އެއީ ރާއްޖޭގެ މިހާރުގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެންތޯ ނޫނީ ރާއްޖޭގައި އެމެރިކާ ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުރި އަގަށް ބަލައިގެންތޯ ނޫނީ ކިތައް އަހަރަށް ލަފާކޮށް ކުރި ދިރާސާއަކަށް ބިނާކޮށް ކުރި ކަމެއްތޯ ވެސް ބަލަން ޖެހެއެވެ. އެހެން ނޫނީ ދެންވާނީ މިހާރު މަޖިލީހަށް ސަރުކާރުން ހުށައަޅާ ޤާނޫނު ތަކަށް ވާގޮތަށެވެ. ބިލް ހުށައަޅާއިރު ވަޢުދު ވީ ގޮތެއް ރައްޔިތުންގެ އިހުސާސްތަކާއި އުއްމީދުތައް ހުރި ގޮތަކަށް ނުބަލައެވެ. ދެން ބިލު ހުށައަޅާ ނިމޭއިރަށް ރައްޔިތުން ކެކި އަރައިގަތީމާ ސަރުކާރުގެ ވެރިންނަށާއި މެންބަރުންނަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ބުނެވުނު އެތި ދިފާޢުކޮށް އިސްލާހު ކުރަން ހަދައިގެން ދެމީހަކަށް އެކެއްޗެއް ނުކިޔެއެވެ. ދެން ހުރިހާ އެއްޗެއް ގޮވަނީ އަތަށެވެ.

ކިޔުންތެރިންގެ ހިޔާލު