ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުން ކުޑަކޮށް އެ ސިނާއަތް ދެމެހެއްޓުމަށްޓަކާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ޤައުމީ ބޭންކުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވާ ޖަމިއްޔާ މަޓީއާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން މިއަދު އިޢުލާން ކުރި މި ލޯން ސްކީމަކީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުން ކުޑަކޮށް މެދުނުކެނޑި އެ އެސިނާޢަތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެހީތެރި ވުމުގެ ގޮތުން ތަޢާރަފުކުރި ލޯނު ސްކީމެކެވެ. މި ސްކީމުން ދޫކުރާ ލޯނު ފައިސާ އަނބުރާ ދައްކަން ޖެހެނީ 3 އަހަރުގެ ތެރޭގައެވެ.
ބީއެމްއެލުން މީގެކުރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ވެސް މިފަދަ ސްކީމެއް ތަޢާރަފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު