މިއަދު މި ތަޖުރިބާ ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ދިގު ތާރީޚުގައި މިހާތަނަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އާއި މަޓީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ތަޢާރަފް ކުރި ޝޯޓް ޓާމް ފައިނޭންސިން ސްކީމަކީ މި ދަނޑިވަޅަށް ވަރަށް ބޭނުންތެރި ސްކީމެއް ކަމަށެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ލޯނު އެހީގެ ދަށުން މިހާރު ހިންގަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާ ހަމައަށް ލޯނުއެހީ ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ އެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި ލޮޅުންތައް އަރަމުންދާ މިދަނޑިވަޅުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކެތްތެރިކަމާއެކު އެޗްޕީއޭ ގެ އެންގެވުން ތަކަށް ޢަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން