އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލާގައި ގދ. ތިނަދޫއިން 2019 ވަނައަހަރު ހައްޔަރުކޮށްފައިވަނިކޮށް މި މަހުގެ ނުވަ ވަނަ ދުވަހު ކޯޓުން ދޫކޮށްލި ރުސްތުމް، ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދަށް ރުސްތުމް އެންމެފުރަތަމަ ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ރުސްތުމްގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދިހަ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވަނިކޮށް، މައްސަލަ ކޯޓުގައި އޮއްވާ، އޭނާ ދޫކޮށްލީ މިމަހުގެ ނުވަ ވަނަ ދުވަހު، ކޯޓުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ކޯޓުން ރުސްތަމް ދޫކޮށްލި ފަހުން ވެސް އޭނާ އަންނަނީ ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކުރަމުންނެވެ.

ފުލުހުން މިއަދު ބުނީ ދީނަށް ފުރައްސާރަ ކުރުމާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރާ އަދި މުޖުތަމައުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 37 އަހަރުގެ ދިވެހި ފިރިހެނަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި އެމީހާއަކީ 2019 ވަނަ އަހަރު، ތިނަދޫން ވެސް ހަމަ އެ ބާވަތުގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފަހަކަށްއައިސް އިސްލާމްދީނާ ދެކޮޅު ޝުއޫރުތައް މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފާޅުކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން