ކޮރޯނާވައިރަސްއާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށް ވަޒީފާތައް ދެމެހެއްޓުމުގެ ގޮތުން އެފަދަ ވިޔަފާރިތަކަށް އެހީވާ ސްކީމެއް ތަޢާރަފުކޮށް އިޢުލާނު ކުރުމަށް މަސައްކަތް ޚާރިޖިއްޔާގެ އޮފީހާ ގުޅިގެން ކުރަމުންދާކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ވިޔަފާރިއާ އިޤްތިޞާދާބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސްކީމްގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތައް ދެމެހެއްޓުމަށް ވޯކިންގ ކެޕިޓަލެއް ނުވަތަ މަސައްކަތް ނުހުއްޓި ހިންގޭނެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މާލީ އެހީ ދޭނީ ވަރަށް ލުއި ތަކާއެކު އަނބުރާ ދައްކާ ގޮތަށެވެ. މި ކަމާބެހޭ އިތުރު ތަފުސީލު ފަހުން ހާމަ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން