މީ ބޮޑުކެކުރި އާއި ކުޑަކެކުރީގެ އިންސާފު ގެންގުޅޭ ކޯލިޝަނެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބާއި ޒިޔަތު ގޭ ބަންދުގައި ތިއްބެވި ސަބަބު ހާމަކުރަށްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެދެމީހުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅައި އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރަންޖެހޭ ވަރުގެ ޑޮކްޓަރުގެ ލިޔުމެއް އަދި ހުށަހަޅާފައި ނުވާ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ރައީސް ޞާލިޙަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ޑީލް ހަދައިގެން ހުރިހާ ލިޔުމެއްވެސް އުފަން ކުރެވޭނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ މި ސަރުކާރާއި އެކު އެފަދަ ޑީލެއް ހަދާނެ ލީޑަރެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައީސް ޔާމީން އެއަށްވުރެ އަޒުމް ވަރުގަދަ ވާނެ. ބޮޑު ކެކުރިއާއި ކުޑަ ކެކުރީގެ ހަމަ ގެންގުޅޭ ކޯލިޝަން ސަރުކާރުން ލިބޭނެ އިންސާފެއް ނެތް." އާދަމް ޝަރީފް ވިދާޅުވިއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ޑޮކްޓަރުގެ ލިޔުމެއް ހުށައެޅުއްވުމުން ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު މީގެ ކުރިން ރައީސް ޔާމީން އަށް ދެއްވިކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެފުރުސަތުގެ ބޭނުން ހިއްޕަވާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޔާމިން އޭގެ ފަހުން ސިއްހީ ފަރުވާ އަކަށް ވެސް އެދިވަޑައިގެންފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށްސާބިތުގެ ރައީސް ޔާމީން މިވަގުތު ހުންނެވީ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަ ބަޔަކަށް މަންފާ ލިބިފައިވާކަން އެނގޭއިރު އަދި އެފަދަ މީހުންގެ ލިސްޓެއް ކަމާބެހޭ ފަރާތުން އާންމުކޮށްފައިވާއިރު އޭގެ ތެރެއިން ރައީސް ޔާމީނާއި ކުރީގެ ނައިބް ރައީސް އަދީބާއި އެކުންފުނީގެ އެމްޑީ ޒިޔަތުގެ ތަހުގީގުކޮށް ޝަރީޢަތްވެސް ނިންމައި ހުކުމް އިއްވާފައި ވާއިރު އެހެން އެއްވެސް ފަރާތަކާއި މެދު ތަހުގީގު ހިންގައި ޝަރީޢަތް ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު