ކޯވިޑާއެކު އެ އިދާރާއެއްގެ ނަން އެންމެ ގިނައިން އިވޭ އެއް އިދާރާއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއެވެ. ބޮޑު ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރެމުންދާއިރު އެޗްޕީއޭގެ އަޑު ކޮންމެ ދުވަހަކު އިވެންވެސްޖެހެއެވެ. އަނެއްކޮޅުން މިވޭތުވެދިޔަ އަހަރެއްހާ ދުވަހު ރައްޔިތުން ކޮންމެ ދުވަހަކުވެސް ތިބެނީ އެޗްޕީއޭއިން ބުނާ އެއްޗަކަށް ފާރައަށެވެ. "ލޮކްޑައުން ކުރަނީތޯ؟ ލުއިތަކެއް ދެނީތޯ؟ ރަށަށް ދެވޭ ގޮތެއް ވިތޯ؟" މިއީ ހައްތަހާވެސް އެޗްޕީއޭއިން ޖަވާބު ލިބޭ ސުވާލުތަކަކަށްވާއިރު، ރައްޔިތުންނަށް އެ އިދާރާ މުހިއްމު ވަނީ މިފަދަ ބައިވަރު ސަބަބުތަކާ ހުރެއެވެ. ގައުމުގެ ރައްޔިތުންގެ އާންމު ޞިއްޙަތާ ގުޅޭ ކަންކަމުގައި އެންމެ އިސްބަހާއި ފަހުބަސް ބުނާ ފަރާތަކީ އެޗްޕީއޭއެވެ. މިހާރު މިއޮތް ބަލިމަޑުކަމާއެކު ގައުމުގެ އެންމެ މަތީވެރިޔާވެސް ވިދާޅުވީ އެމަނިކުފާނުވެސް ތަބާވާނީ އެޗްޕީއޭގެ ބަހަށް ކަމަށެވެ. ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ނަސޭހަތާއި ނިންމުން ތަކަށް ކަމަށެވެ.
ކޯވިޑާއެކު އެޗްޕީއޭގެ މުހިއްމުކަން ރައްޔިތުންނަށް ވިސްނިފައިވާއިރު، އެ އިދާރާއާމެދު ރައްޔިތުން ކުރާ އިތުބާރުވެސް ވަރަށް ބޮޑެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ އެޗްޕީއޭއިން އަންގާ އެންގުންތަކަށް ރައްޔިތުންދޭ ސަމާލުކަމުންނެވެ. ގިނަ ރައްޔިތުން އެ އިދާރާގެ އެންގުންތަކަށް އިހުތިރާމު ކުރާތީއެވެ.
ކޯވިޑްގެ ބަލިމަޑުކަން ލައިގެންއިރު ރާއްޖެ އޮތީ އެކަމަށް ދުރާލާ ތައްޔާރުވެގެން ކަމަށް އޭރު ސިޔާސީ ފަރާތްތަކުން ބުނި ނަމަވެސް އެބަލިމަޑުކަން މާލޭގައި ފެތުރެން ފެށުމާއެކު މާލެ ފުރަބަންދުކޮށް ރައްޔިތުން ގެއިން ނުނުކުމެ ތިބެން އެޗްޕީއޭއިން އެންގުމާއި ހަމައިން އެބޭފުޅުން އެވިދާޅުވި ތައްޔާރީތައް އެއީ ހަމައެކަނި ކަރުދާހުގައި ވެފައި އޮތް ތައްޔާރީއެއް ކަމުގައި ފެނިގެން ދިޔައެވެ. އެޗްޕީއޭއިން ރައްޔިތުން ގޭގައި ތިބެން އެންގިއިރި އެއާއެކު ހަރަކާތްތެރިވާންޖެހޭ ދައުލަތުގެ ގުނަވަންތަކުން ވަނީ ވާގި ދޫވެފައެވެ. އަދި އެއާއެކު ގައުމުގެ މުއައްސަސާތަކުން ފޫގޮސްފައިވާ ބާގަނޑުތައް ފެންނާން ފެށިއެވެ. ބައެއް ރައްޔިތުން ބަނޑަށް ޖެހުމާއި ކައިރިއަށް ދިޔައެވެ. ބައެއް ރައްޔިތުން މަގުމަތިވިއެވެ. މާލެ ބަންދުކޮށްލުމުން ރައްޔިތުންގެ ޞިއްހީ ޚިދުމަތްތަކަށް ބުރޫއަރައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިގެން ދިޔައެވެ. ކޯވިޑާއެކު އެންމެ ބޮޑަށް އެނގިގެން ދިޔައީ ގައުމުގެ ވެރީންނަށް ނުފެންނަ ފަރާތެއް ނުވަތަ އަޅާނުލާ ދޫކޮށްލެވިފައިވާ ފަރާތެއް ވާކަމެވެ.
މިބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށީއްސުރެ ރައްޔިތުންގެ މުޅި ދިރިއުޅުން ބިނާ ކުރާން ޖެހިފައި މިވަނީ އެޗްޕީއޭގެ ނިންމުން ތަކުގެ މައްޗަށެވެ. އެޗްޕީއޭގެ އަމުރުތަކާއި އެންގުންތަކުގައި ރައްޔިތުން އެތައް ހައްގަކުން މަހުރޫމްވެގެން ތިބެންޖެހޭ ފަދަ އަމުރެއް އަޔަސް އެކަމަށް ރައްޔިތުން ތަބާން މަޖުބޫރުވެއެވެ. އެއަމުރަށް ކިޔަމަން ނުވާ މީހުންނަށް އަދަބުވެސް ލިބެއެވެ. ނަމަވެސް އެޗްޕީއޭގެ މި އަމުރުތަކާއި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ މައްޗަށް ހަމަހަމަ ކަމާއެކު އިއްވައި ހިންގަމުން ގެންދާ އަމުރު ތަކަކަށް ވާތީ އެއްވެސް މީހަކަށް އެއާއި މެދު އަޅާކިޔާނެ ނުވަތަ ފާޑުކިޔޭނެ ޖާގަ ވެސް ނެތީއެވެ.
ނަމަވެސް މިފަހަކަށް އައިސް އެޗްޕީއޭގެ ބައެއް ނިންމުންތަކާއި ދައްކާ ވާހަކަތަކުން ރައްޔިތުންގެ މެދުގައި އެ އިދާރާއަށް އޮންނަ އިތުބާރު މަޑުމަޑުން ގެއްލެމުންދާ ތަން ފެންނަމުން ދިއުމަކީ ހިތާމަ ކުރަންޖެހޭ ވަރުގެ ކަމެކެވެ. އެހެން ދިމާވާން ފެށި ހިސާބަކާއި ސިޔާސީ މީހުންގެ ބަހަށް އެޗްޕީއޭގެ ނިންމުންތައް ވެސް ދީލާލަމުން ދާ މަންޒަރު ރައްޔިތުންނަށް ފެންނާން ފެށުން ނުވަތަ ފާހަގަވާން ފެށުން ކަމުގައި ވެދާނެއެވެ.
މިމަންޒަރު އެންމެ ފުރަތަމަ ފެންނާން ފެށީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމުގައި ބެލެވެއެވެ. އެމަޖިލީހުގެ އެންމެ މަތީން ފެށިގެން އެމަޖިލީހުގެ ގިނަ މެންބަރުން އެޗްޕީއޭގެ އުސޫލުތައް މުގުރާލާފައި ނުކުތީއެވެ. ޖަލްސާތައް ބާއްވަން ފެށީއެވެ. އެޗްޕީއޭގެ އުސޫލުތަކާއި އަމުރުތައް ބޮލާލާ ޖަހާފައި ދަތުރުތައް ކުރުމާއި ހަފުލާތައް ބޭއްވުން އާންމު ކަމަކަށްވީއެވެ. ހުރިހާ ރައްޔިތުން ގޭގައި ތިއްބާ މަޖިސް ހުޅުވައިގެން ސިޔާސީ މަސައްކަތް ފެށީމާ ދެން ހުރިހާ ކަމެއް ބޮއްސުންލާން މެދުވެރިވީއެވެ. އެހާހިސާބުން އެޗްޕީއޭގެ ނިންމުން ތަކުގައި ސިޔާސީ ކުލަވަރު ޖެހެން ފެށި ކަމަށް ބައެއް ފަރާތްތަކުން ސިފަކުރަން ފެށިއެވެ.
އެޗްޕީއޭއާމެދު ރައްޔިތުން މިހާރު ކުރާ އެންމެ ބޮޑު ޝަކުވާއަކީ "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލަކުން އެޗްޕީއޭއިން އަމަލުކުރަމުންދާކަމުގެ ޝަކުވާއެވެ. މި ޝަކުވާ ކުރަންޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއް ބަޔަކަށް ރަށްރަށަށް ގޮސް މަޖާ ނަގާ، ކެމްޕެއިންކޮށްލާފައި އެނބުރި މާލެ އަންނައިރު، މަންމަ ނޫނީ ބައްޕަ މަރުވެގެން ޖަނާޒާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ނުލިބުމަކީ، މި ދެންނެވި "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލުގެ ޝަކުވާ ކުރާން ފެށި މައިގަނޑު ސަބަބެވެ. މީގެއިތުރުން ބައެއް ގޭގެ މީހުން ޕޮޒިޓިވްވުމުން ކަރަންޓީންކޮށް މޮނިޓަރިންގއަށް ލުމުގައިވެސް "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލަށް އަމަލުކުރާކަން މީހުން ފާހަގަ ކުރަން ފެށިއެވެ. އެކަން އެންމެ ރަނގަޅަށް ހާމަވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކޯވިޑަށް ޕޮޒިޓިވްވުމުން ކަން ކުރި ގޮތުންނެވެ. 10 ބުރި އިމާރާތެއްގެ އެންމެ ތިރީ ބުރީގައި އުޅޭ މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުން މުޅި އިމާރާތް މޮނިޓަރިންގއަށް ލާފާއިވާއިރު، 87 މެމްބަރުން ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބައްޔަން ޕޮޒިޓިވްވުމުން، އޭނާ ކޮންޓެކްޓްވި އެކަކުވެސް ނެތްކަމަށް ނިންމިއެވެ. ގިނަ ބަޔަކު ބުނަނީ މިއީވެސް އެއްކަލަ "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލުން ކުރި ކަމެއްކަމަށެވެ.
މިފަދަ ބައިވަރު އެހެން ކަންކަންވެސް އެޗްޕީއޭއިން އެބަ ފެނެއެވެ. އެގޮތުން ތަރައްޤީވެ، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ މި ޒަމާނުގައިވެސް އެޗްޕީއޭ އުޅެނީ މާ ފަހަތުގައިކަމަށްވެސް ބައެއް މީހުން ފާހަގަކުރެއެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަޕްޑޭޓްވާ ވެބްސައިޓުން އެންމެ އަޕްޑޭޓް މައުލޫމާތެއް ލިބޭކަށް ނުހުރެއެވެ. ކޯވިޑް ޖެހިގެން މީހަކު މަރުވާކަން އެނގެނީ އެމީހަކު މަރުވާތާ އެތައް ގަޑިއިރެއް ފަހުންނެވެ. މީގެއިތުރުން ބައެއް މީހުންގެ ޓެސްޓްގެ ނަތީޖާ އޮޅުމާއި، ޕޮޒިޓިވްވާ މީހުން ނެގެޓިވްކަމަށް ބުނެ މައުލޫމާތު ދިނުންފަދަ ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. ނޫނީ ޓެސްޓްކުރި މީހާ ނޫން އެހެން މީހަކަށް ނަތީޖާ ފޮނުވާފައިވެސް އެބަހުއްޓެވެ.
މިގޮތުން މިފަދަ ކަމެއް ދިމާވި އަންހެން ކުއްޖަކު ވަނީ އޭނާއަށް ދިމާވި މިފަދަ ހާދިސާއެއް ހިއްސާކޮށްފައެވެ. އޭނާ ބުނާގޮތުން އެޗްޕީއޭއިން އޭނާއަށް ގުޅާފައި އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ބުނިއިރު އޭނާ އަދި ޓެސްޓެއްވެސް ނުހަދައެވެ. ޓެސްޓެއްވެސް ނުހަދަނީސް ކޯވިޑަށް ޕޮޒިޓިވްވެއްޖެއޭ ބުނުމުން އޭނާއަށް ކުރާނެ އަސަރު އެޗްޕީއޭއަށް ކުޑަކޮށްވެސް ނެނގޭ ކަހަލައެވެ.
ހިންގުމުގައި ހުރި މިފަދަ މައްސަލަ ތަކުގެ ޝަކުވާގެ އަޑުތައް ކޮންމެ ދުވަހަކު އިވެމުންދާއިރުވެސް މީޑިއާތަކުން ހަނުތިބީ އެއްގޮތަކަށް ވެސް އެގޮތް "އޯކޭ" ވެގެނެއް ނޫނެވެ. ރިޕޯޓް ކުރާން ނުކެރިގެންނެއް ވެސް ނޫނެވެ. އެއީ މި ބަލިމަޑުކަމުގެ ހައްސާސް ކަމާއި ބިރުވެރި ކަމުގެ ސަބަބުން އެއްޗެއް ނުބުނާން "ފިއްތާލައިގެން" ތިބީއެވެ. ބަލީގެ އަލާމާތްތައް ފެނިގެން ގޭގައި ތިބެ ފޯނުން ގުޅާތާ ތިން ހަތަރު ދުވަސްވާއިރު "މިދަނީ" ނޫނީ "ޓީމު ދާނެ" ކަމަށް ބުނާތާ ތިން ހަތަރު ދުވަސްވެ ކުރިމަތީގައި މާމަ ކާފަގެ ފުރާނަ ދާއިރުވެސް ތިބެން ޖެހުމުގެ ވޭނީ ތަޖުރިބާ ކޮށްފައިވާ އެތައް ދިވެހި ރައްޔިތަކު އެވާހަކަ މީސް މީޑިއާގައި ހިއްސާކޮށްފައި އެބަހުއްޓެވެ. އެއީ މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގައި އެއްވެސް ވަރަކަށް ތައްޔާރުނުވެ އޮތް މުޖުތަމަޢެއްގެ އާންމު ސިއްހަތުގެ އިދާރާއަކުން ފެނިދާނެ ކަމެއް ކަމުގައި ދެކި އެކަން ގަބޫލުކޮށްގެން ގިނަ މީހުން ތިބީއެވެ.
ނަމަވެސް މިއަދު އެޗްޕީއޭގެ ނިންމުންތަކާއި ލޯތައް ސިޔާސީ ވަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާން ފެށުމުން އެޗްޕީއޭއަށް ކުރާ އިތުބާރަށް ވަރަށް ބޮޑު އަސަރެއް މިވަނީ ކޮށްފައެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުން އެޗްޕީއޭ މާބޮޑަށް ސިޔާސީވީއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ ކުއްލި ކުއްލިއަށް ނިންމާ ނިންމުންތަކުގެ ސަބަބުންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި ކޯވިޑްގެ 3 ވަނަ ރާޅެއް ނަގައިގެން އުޅެނީ އާ އަހަރާއި ދިމާކޮށް ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ނުވާގޮތަށް އެޗްޕީއޭއިން ދިން ލުއިތަކެއްގެ ސަބަބުންނެވެ. އެކަން އެންމެފަހުން އަތަށް ގޮވުމުން ހުރިހާ އުނދަގުލެއް ޖެހުނީ ރައްޔިތުންނަށެވެ.
އެޗްޕީއޭއިން ނިންމާ ދެއުޅިއެއްނުވާ އެފަދަ ނިންމުންތަކުގެ ސިލްސިލާއަށް އެންމެފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ކަރަންޓީންނުވެ ކެމްޕެއިން ކުރަން ރަށްރަށަށް ދެވޭ އުސޫލެވެ. މުޅި މާލެއާއި ރާއްޖެ ތެރެ ގާތްގަނޑަކަށް ބަންދުކޮށްފައި ބޭއްވުމަށްފަހު، "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލުގެ ތެރެއިން ސިޔާސީ މީހުން ރަށްރަށަށް ގޮސް ނާޗަރަންގީ ކުޅެން ފުރުޞަތު ދިނުމުން ރައްޔިތުން ބަލާކަށް ނުތިބެވުނެވެ. މިނިންމުމާއެކު ރައްޔިތުން ކެކި އަރައިގަތީއެވެ. ރިސޯޓް ބޯއީސް އާއިލާ ކައިރިއަށް ނުގޮސް ހުރިހާ ކަމެއް މޮބައިލް ފޯނުން ހަމަޖައްސައިލައިގެން ތިބޭތާ އަހަރެއްވީއެވެ. އެފަކީރުން އެހެން ތިއްބާ ސިޔާސީ މީހުން ކެމްޕޭން ކުރަން ރަށްރަށަށް ދާން ފުރުސަތު ހުޅުވާލުމުން އެޗްޕީއޭގެ ތެރެއަށް ސިޔާސީ ބައެއްގެ އަތް ބާނާފައިވާ މިންވަރު ރައްޔިތުންނަށް އެނގުނީއެވެ.
އެންމެ ދެރައީ ކުރިއަށް ނުކުމެވަޑައިގެން އެތިއްބެވި ރާއްޖޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ޞިއްހީ ތަޖުރިބާކާރުންގެ އިސްތަށިފުޅުގައި މި ބަދުނާމް އެޅޭތީއެވެ. އެންއީއޯސީގައި ރައްޔިތުންނަށް އިރިޝާދާއި ނަސޭހަތް ދެއްވަން އެތިއްބެވި އެއްވެސް ޑޮކްޓަރަކު ސިޔާސީ ބިރަކަށް، އިނާމަކަށް އެމީހުންގެ އަގުހުރި ޚިދުމަތާއި ރައްޔިތުންގެ ލޯބި ގުރުބާން ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ. އެބައެއްގެ ޕްރޮފެޝަނަލިޒަމް ގުރުބާން ކޮށްފައި މިހާތަނަށް ސިޔާސީ ފިއްތުން ތަކުގެ ކުރިމަތީގައި އިސްދަށަށް ޖަހާނުލާ ބަޔަކީ ރާއްޖޭގެ ޚިދުމަތްތެރި ޑޮކްޓަރުންނެވެ. ޞިއްޙީ ތަޖުރިބާކާރުންނެވެ. އެހެންވީމާ މިއަދުވެސް އެބޭފުޅުން އެކަމެއް ނުކުރައްވާނެކަން ރައްޔިތުން ގަބޫލުކޮށް ބަލައިގަންނާނެއެވެ. ނަމަވެސް އެޗްޕީއޭއަށް ދިމާވެގެން އުޅޭ މައްސަލައަކީ ސިޔާސީވުންތޯ ނުވަތަ ފެއިލްވުންތޯ ނިންމަވާނީ ރައްޔިތުންނެވެ.

This should have been the decision all along,Also,what's with "rayyithunge gina kanboduvunthakeh hurumaa gulhigen?!!" You guys in the first place should have known "rayyithunge ihusaasthah"🤦🏻♀anyways,its never gonna be the same ever again, nobody is gonna trust youu now,, 🤷🏻♀😒😏
— 𝓷𝓪𝒕ん𝓾 (@nathu147) March 12, 2021
އެޗްޕީއޭއާމެދު ރައްޔިތުން މިހާރު ކުރާ އެންމެ ބޮޑު ޝަކުވާއަކީ "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލަކުން އެޗްޕީއޭއިން އަމަލުކުރަމުންދާކަމުގެ ޝަކުވާއެވެ. މި ޝަކުވާ ކުރަންޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއް ބަޔަކަށް ރަށްރަށަށް ގޮސް މަޖާ ނަގާ، ކެމްޕެއިންކޮށްލާފައި އެނބުރި މާލެ އަންނައިރު، މަންމަ ނޫނީ ބައްޕަ މަރުވެގެން ޖަނާޒާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ނުލިބުމަކީ، މި ދެންނެވި "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލުގެ ޝަކުވާ ކުރާން ފެށި މައިގަނޑު ސަބަބެވެ. މީގެއިތުރުން ބައެއް ގޭގެ މީހުން ޕޮޒިޓިވްވުމުން ކަރަންޓީންކޮށް މޮނިޓަރިންގއަށް ލުމުގައިވެސް "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލަށް އަމަލުކުރާކަން މީހުން ފާހަގަ ކުރަން ފެށިއެވެ. އެކަން އެންމެ ރަނގަޅަށް ހާމަވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކޯވިޑަށް ޕޮޒިޓިވްވުމުން ކަން ކުރި ގޮތުންނެވެ. 10 ބުރި އިމާރާތެއްގެ އެންމެ ތިރީ ބުރީގައި އުޅޭ މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުން މުޅި އިމާރާތް މޮނިޓަރިންގއަށް ލާފާއިވާއިރު، 87 މެމްބަރުން ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބައްޔަން ޕޮޒިޓިވްވުމުން، އޭނާ ކޮންޓެކްޓްވި އެކަކުވެސް ނެތްކަމަށް ނިންމިއެވެ. ގިނަ ބަޔަކު ބުނަނީ މިއީވެސް އެއްކަލަ "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލުން ކުރި ކަމެއްކަމަށެވެ.
Hama failed 😨
— Mohamed Firaq (@mohamedfiraq) March 12, 2021
މިފަދަ ބައިވަރު އެހެން ކަންކަންވެސް އެޗްޕީއޭއިން އެބަ ފެނެއެވެ. އެގޮތުން ތަރައްޤީވެ، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ މި ޒަމާނުގައިވެސް އެޗްޕީއޭ އުޅެނީ މާ ފަހަތުގައިކަމަށްވެސް ބައެއް މީހުން ފާހަގަކުރެއެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަޕްޑޭޓްވާ ވެބްސައިޓުން އެންމެ އަޕްޑޭޓް މައުލޫމާތެއް ލިބޭކަށް ނުހުރެއެވެ. ކޯވިޑް ޖެހިގެން މީހަކު މަރުވާކަން އެނގެނީ އެމީހަކު މަރުވާތާ އެތައް ގަޑިއިރެއް ފަހުންނެވެ. މީގެއިތުރުން ބައެއް މީހުންގެ ޓެސްޓްގެ ނަތީޖާ އޮޅުމާއި، ޕޮޒިޓިވްވާ މީހުން ނެގެޓިވްކަމަށް ބުނެ މައުލޫމާތު ދިނުންފަދަ ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. ނޫނީ ޓެސްޓްކުރި މީހާ ނޫން އެހެން މީހަކަށް ނަތީޖާ ފޮނުވާފައިވެސް އެބަހުއްޓެވެ.
މިގޮތުން މިފަދަ ކަމެއް ދިމާވި އަންހެން ކުއްޖަކު ވަނީ އޭނާއަށް ދިމާވި މިފަދަ ހާދިސާއެއް ހިއްސާކޮށްފައެވެ. އޭނާ ބުނާގޮތުން އެޗްޕީއޭއިން އޭނާއަށް ގުޅާފައި އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ބުނިއިރު އޭނާ އަދި ޓެސްޓެއްވެސް ނުހަދައެވެ. ޓެސްޓެއްވެސް ނުހަދަނީސް ކޯވިޑަށް ޕޮޒިޓިވްވެއްޖެއޭ ބުނުމުން އޭނާއަށް ކުރާނެ އަސަރު އެޗްޕީއޭއަށް ކުޑަކޮށްވެސް ނެނގޭ ކަހަލައެވެ.
On 1st March @HPA_MV called me and informed me that I was positive to Covid-19. But I did not take any random sample for Covid-19 since January 25th. So I was asked to to do a Covid test. Which I did on 4th March. After the test I did not get any msg on whether I was positive -
— Masha Midhath (@mashamidhath) March 12, 2021
ހިންގުމުގައި ހުރި މިފަދަ މައްސަލަ ތަކުގެ ޝަކުވާގެ އަޑުތައް ކޮންމެ ދުވަހަކު އިވެމުންދާއިރުވެސް މީޑިއާތަކުން ހަނުތިބީ އެއްގޮތަކަށް ވެސް އެގޮތް "އޯކޭ" ވެގެނެއް ނޫނެވެ. ރިޕޯޓް ކުރާން ނުކެރިގެންނެއް ވެސް ނޫނެވެ. އެއީ މި ބަލިމަޑުކަމުގެ ހައްސާސް ކަމާއި ބިރުވެރި ކަމުގެ ސަބަބުން އެއްޗެއް ނުބުނާން "ފިއްތާލައިގެން" ތިބީއެވެ. ބަލީގެ އަލާމާތްތައް ފެނިގެން ގޭގައި ތިބެ ފޯނުން ގުޅާތާ ތިން ހަތަރު ދުވަސްވާއިރު "މިދަނީ" ނޫނީ "ޓީމު ދާނެ" ކަމަށް ބުނާތާ ތިން ހަތަރު ދުވަސްވެ ކުރިމަތީގައި މާމަ ކާފަގެ ފުރާނަ ދާއިރުވެސް ތިބެން ޖެހުމުގެ ވޭނީ ތަޖުރިބާ ކޮށްފައިވާ އެތައް ދިވެހި ރައްޔިތަކު އެވާހަކަ މީސް މީޑިއާގައި ހިއްސާކޮށްފައި އެބަހުއްޓެވެ. އެއީ މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގައި އެއްވެސް ވަރަކަށް ތައްޔާރުނުވެ އޮތް މުޖުތަމަޢެއްގެ އާންމު ސިއްހަތުގެ އިދާރާއަކުން ފެނިދާނެ ކަމެއް ކަމުގައި ދެކި އެކަން ގަބޫލުކޮށްގެން ގިނަ މީހުން ތިބީއެވެ.
ނަމަވެސް މިއަދު އެޗްޕީއޭގެ ނިންމުންތަކާއި ލޯތައް ސިޔާސީ ވަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނާން ފެށުމުން އެޗްޕީއޭއަށް ކުރާ އިތުބާރަށް ވަރަށް ބޮޑު އަސަރެއް މިވަނީ ކޮށްފައެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުން އެޗްޕީއޭ މާބޮޑަށް ސިޔާސީވީއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ ކުއްލި ކުއްލިއަށް ނިންމާ ނިންމުންތަކުގެ ސަބަބުންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި ކޯވިޑްގެ 3 ވަނަ ރާޅެއް ނަގައިގެން އުޅެނީ އާ އަހަރާއި ދިމާކޮށް ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ނުވާގޮތަށް އެޗްޕީއޭއިން ދިން ލުއިތަކެއްގެ ސަބަބުންނެވެ. އެކަން އެންމެފަހުން އަތަށް ގޮވުމުން ހުރިހާ އުނދަގުލެއް ޖެހުނީ ރައްޔިތުންނަށެވެ.
އެޗްޕީއޭއިން ނިންމާ ދެއުޅިއެއްނުވާ އެފަދަ ނިންމުންތަކުގެ ސިލްސިލާއަށް އެންމެފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ކަރަންޓީންނުވެ ކެމްޕެއިން ކުރަން ރަށްރަށަށް ދެވޭ އުސޫލެވެ. މުޅި މާލެއާއި ރާއްޖެ ތެރެ ގާތްގަނޑަކަށް ބަންދުކޮށްފައި ބޭއްވުމަށްފަހު، "ވަކި ބަޔަކަށް ވަކި ގޮތެއް" އޮންނަ އުސޫލުގެ ތެރެއިން ސިޔާސީ މީހުން ރަށްރަށަށް ގޮސް ނާޗަރަންގީ ކުޅެން ފުރުޞަތު ދިނުމުން ރައްޔިތުން ބަލާކަށް ނުތިބެވުނެވެ. މިނިންމުމާއެކު ރައްޔިތުން ކެކި އަރައިގަތީއެވެ. ރިސޯޓް ބޯއީސް އާއިލާ ކައިރިއަށް ނުގޮސް ހުރިހާ ކަމެއް މޮބައިލް ފޯނުން ހަމަޖައްސައިލައިގެން ތިބޭތާ އަހަރެއްވީއެވެ. އެފަކީރުން އެހެން ތިއްބާ ސިޔާސީ މީހުން ކެމްޕޭން ކުރަން ރަށްރަށަށް ދާން ފުރުސަތު ހުޅުވާލުމުން އެޗްޕީއޭގެ ތެރެއަށް ސިޔާސީ ބައެއްގެ އަތް ބާނާފައިވާ މިންވަރު ރައްޔިތުންނަށް އެނގުނީއެވެ.
— Shopay Mohamed (@shopay2020) March 12, 2021
އެންމެ ދެރައީ ކުރިއަށް ނުކުމެވަޑައިގެން އެތިއްބެވި ރާއްޖޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ޞިއްހީ ތަޖުރިބާކާރުންގެ އިސްތަށިފުޅުގައި މި ބަދުނާމް އެޅޭތީއެވެ. އެންއީއޯސީގައި ރައްޔިތުންނަށް އިރިޝާދާއި ނަސޭހަތް ދެއްވަން އެތިއްބެވި އެއްވެސް ޑޮކްޓަރަކު ސިޔާސީ ބިރަކަށް، އިނާމަކަށް އެމީހުންގެ އަގުހުރި ޚިދުމަތާއި ރައްޔިތުންގެ ލޯބި ގުރުބާން ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ. އެބައެއްގެ ޕްރޮފެޝަނަލިޒަމް ގުރުބާން ކޮށްފައި މިހާތަނަށް ސިޔާސީ ފިއްތުން ތަކުގެ ކުރިމަތީގައި އިސްދަށަށް ޖަހާނުލާ ބަޔަކީ ރާއްޖޭގެ ޚިދުމަތްތެރި ޑޮކްޓަރުންނެވެ. ޞިއްޙީ ތަޖުރިބާކާރުންނެވެ. އެހެންވީމާ މިއަދުވެސް އެބޭފުޅުން އެކަމެއް ނުކުރައްވާނެކަން ރައްޔިތުން ގަބޫލުކޮށް ބަލައިގަންނާނެއެވެ. ނަމަވެސް އެޗްޕީއޭއަށް ދިމާވެގެން އުޅޭ މައްސަލައަކީ ސިޔާސީވުންތޯ ނުވަތަ ފެއިލްވުންތޯ ނިންމަވާނީ ރައްޔިތުންނެވެ.
ކިޔުންތެރިންގެ ހިޔާލު