ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހޭ ކޯވިޑް-19 އަށް އާދިއްތަ ދުވަހު އެކަނި މެލޭޝިޔާއިން 190 މީހުން ޕޮޒިޓިވްވެ ދެކުނުއިރުމަތީ އޭޝިޔާގައި ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ޤައުމެއްގެ ގޮތުގައި މެލޭޝިޔާ ހިމެނިއްޖެއެވެ.
މެލޭޝިޔާގައި މިއަދު ޕޮޒިޓިވްވި ގިނަ މީހުންނަކީ އެޤައުމުގައި ދާދި ފަހުން ބޭއްވި ދީނީ ބައްދަލުވުމެއްގައި ބައިވެރިވި 16 ހާހަށްވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުން މީހުން ބައިވެރިވެފައި ވެއެވެ.
މެލޭޝިއާއިން މިއަދު ޕޮޒިޓިވް ވި 190 މީހުންނާއެކު އެޤައުމުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރުވަނީ 428 އަށް އަރާފައެވެ. އެހެންކަމުން މިހާރު މެލޭޝިޔާ ވެފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގައި ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރޭ ޤައުމުގެ ގޮތުގައެވެ.
މެލޭޝިޔާގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ނޭވާލާ ނިޒާމަށް އަސަރުކޮށްގެން އައި ސީ ޔޫގައި ނުވަ މީހަކަށް ފަރުވާ ދެމުން ދާ ކަމަށް ރަސްމީ ފަރާތްތަކާއި ހަވާލާދީ އެޤައުމުގެ މީޑިޔާ ތަކުން ބުނެއެވެ. ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރެއިން މިހާތަނަށް މުޅިން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ 42 މީހުންނެވެ.
މެލޭޝިޔާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ދީނީ އެއްވުމާއި ބެހޭ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މެލޭޝިޔާގެ މަސްޖިދް ޖަމައިކްގައި ބޭއްވި މި އެއްވުމުގައި ބައިވެރިވި މީހުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގާފައެވެ. ހެލްތު މިނިސްޓަރ ޑޮކްޓަރ އަދުނާން ބާބާ ވިދާޅުވީ އެ އެއްވުމުގައި ބައިވެރިވި މީހުންނާއި އެމީހުންނާ އޭގެ ފަހުން ބައްދަލުވި ހުރިހާ އެންމެން ބަލީގެ ނިޝާންތައް ފެނޭތޯ ބެލުމަށް 14 ދުވަހަސް ވަންދެން ތިބޭނީ އެކަހެރިކޮށް ކަރަންޓީންގައި ކަމަށެވެ. އަދި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މެލެޝިޔާގެ ބޮޑުވަޒީރު ހުކުރު ދުވަހު ވިދާޅުވެފައިވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން ހުރިހާ ބާވަތެއްގެ ބައްދަލުވުންތަކާއި ކުޅިވަރާއި އިޖުތިމާޢީ އަދި ދީނީ ހަރަކާތްތައް ކެންސަލް ކުރަން ނުވަތަ ފަސްކުރަން މިހާރު ނިންމަވާފައިވާ ކަމަށެވެ. އެފަދަ އެއްވެސް އެއްވުމެއް ނުވަތަ ބައްދަލުވުމެއް ވިޔަސް ދެން ބޭއްވޭނީ އަންނަ އެޕްރީލް މަހުގެ ފަހުން ކަމަށް ބޮޑުވަޒީރު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު