ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިޒޯޓުން ބިދޭސީއަކާއި އަނަންތަރާ ދިގު މޯލްޑިވްސް ރިޒޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ‏ކުރެވޭ ކަމެއް ކަމަށެވެ. ޓެސްޓް ކުރުމަށް ސާމްޕަލް ނެގި އަނަންތަރާގެ ދިވެހި މީހާއަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމުގައެވެ. އޭނާ މިހާރުވަނީ ފަރުކޮޅު ފުށްޓަށް ބަދަލު ކުރެވިފައި ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިޒޯޓުން ޓެސްޓް ކުރަން ސާމްޕަލް ނެގި ބިދޭސީ މީހާ މިހާރު ހުރީ، ހޯމް އައިސޮލޭޝަން ނުވަތަ ގޭގައި އެކަހެރި ކުރެވިފައި ކަމުގައިވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން