ކޮރޯނާ ވައިރަސް އިން ޖެހޭ ކޯވިޑް-19 ރާއްޖޭގައި ވެސް ފެތުރެން ފަށާފައިވުމާއެކު އިޢުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން 212 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ކޮރޯނާ ވައިރަސްއާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 212 މިލިއަން ރުފިޔާގެ ބަޖެޓަކީ ކޮންޓިންޖެންސީ ކޯޑުގެ ގޮތުގައި ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ފިނޭންސް މިނިސްޓްރީން ކަނޑައެޅި ބަޖެޓެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ލިބޭ އެއްޗެއް މި ބަޖެޓުގެ ތެރެއަކު ނުހިމެނޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ހަލުއިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަނީ 30 ދުވަހުގެ މުއްދަތަށް އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވެއެވެ. މީގެތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު