ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ޢާމްދަނީ އިން 450 މިލިއަން ޑޮލަރު މަދުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން އިއްޔެ ބޭއްވި ސާކް ސަރަހައްދުގެ ލީޑަރުންގެ ޓެލެ-ކޮންފަރެންސްގައެވެ.
މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ހަތަރުބައިކުޅަ އެއްބައި ޙިއްސާކޮށް، ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ތިން ބައިކުޅަ ދެބައި އޭގެ މައްޗަށް ބަރޯސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިން އަންދާޒާކޮށްފައި ނުވާފަދަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިޙް ވަނީ ސާކް ޤައުމުތަކުގެ ވެރިންގެ މި ކޮނަފަރެންސް ގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު މިހާރު ދަށަށްދާ ރޭޓުގައި ދާ ނަމަ ރާއްޖޭގެ ޓޫރިޒަމް މި އަހަރު 35 ޕަސެންޓު ދަށަށް ދާނެ ކަމަށާއި، ރާއްޖެއަކީ އިންޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު ބޭރުފައިސާގެ ޢާމްދަނީ ދަށްވާނަމަ ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެއްވެސް ގައުމަކަށް އެކަނިމާއެކަނި ވައިރަހާ ހަނގުރާމަކޮށްގެން ކާމިޔާބު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ސާކްގެ ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ސަރަޙައްދީ ސިޔާސަތެއް އެކުލަވާލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ރައީސް ސޯލިޙް ވަނީ މި ކޮންފަރެންސްގައި ފާހަގަކުރައްވާފައެވެ.
މި ކޮންފަރެންސްގައި ވަނީ ސާކުން 10 މިލިއަން ޑޮލަރާއެކު އެމަޖެންސީ ފަންޑެއް ޤާއިމްކުރުމަށް ބޮޑުވަޒީރު މޯދީ ހުށައެޅުއްވި ހުށައެޅުއްވުން މެންބަރު ޤައުމުތަކުން ބަލައިގަނެފައެވެ. ރައީސް ސޯލިޙްވެސް ވަނީ އިންޑިޔާގެ މި ހުށައެޅުމަށް މަރުޙަބާ ވިދާޅުވެފައެވެ.
މިހާތަނަށް އައިއިރު ސާކް ޤައުމުތައް ހިމެނޭ މި ސަރަޙައްދުގެ ޤައުމުތަކުން ކޯވިޑް-19 އަށް 139 މީހުންނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. ރާއްޖޭގައި ވެސް މިއަދާ ހަމައަށް މިހާރު ވަނީ މިބައްޔަށް 13 މީހަކު ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން ޕޮޒިޓިވް ވި އެންމެންނަކީވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު