ކޮރޯނާ ވައިރަސް އިން ޖެހޭ ކޯވިޑް-19 އަށް ޝައްކު ކުރެވޭ އާލާމާތްތައް ފެނުނު ދިވެއްސަކު ފަރުކޮޅުގައި އެކަހެރިކޮށް އޭނާއާއި ގުޅުންހުރި 9 ބިދޭސީއަކު އެމީހުން ބުކިންގ ހަދާފައިވާ ތަންތަނުގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިކޮށްފިއެވެ.
އެޗްޕީއޭއިން ރޭ ބުނީ ބުކިންގ ހަދާފައިވާ ތަންތަނުގައި އެކަހެރި ކުރި މީހުންނަކީ ޝައްކު ކުރެވޭ ދިވެހި މީހާއާއައި ފްލައިޓުން ދަތުރުކުރި މީހުން ކަމަށެވެ. އެ އެންމެންނަށް ވެސް ގޭގައި އެކަހެރި ވުމަށް އަންގާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. މީގެއިތުރުން މި ފްލައިޓުގެ ކްރޫންގެ ގޮތުގައި މަސައްކަތްކުރާ ދެބިދޭސީންވެސް ވިލިވަރުގައި އެކަހެރި ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެއިތުރުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މީރު އައިލެންޑް ރިޒޯޓުން ޓެސްޓް ކުރި 12 މީހުން ނެގެޓިވް ވެފައިވާތީ އެ ރިޒޯޓް މޮނިޓަރިންގގެ ހާލަތުން ދޫކޮށްލާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު