ކޯވިޑް-19 އާ ގުޅިގެން ފަރުދީޒިންމާ އަދާނުކުރާނަމަ ޤާނޫނީގޮތުން އަދަބު ލިބިދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ ގޭގައި އެކަހެރިކޮށް ހުންނަން އަންގާފަރާތްތަކުން ތިބެންވާނީ ގޭގައި ކަމަށާއި، ފަރުދީ ޒިންމާ އަދާކޮށް ތިމާއާއި އެހެންމީހުންގެ ރައްކާތެރިކަން އިސްކުރުމަށް ގޮވާލައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަފްއާލް ކުރެއްވި ޓްވީޓަކަށް ޢާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޢާއްމުންގެ މީހާ ވަނީ ޤާނޫނީ ބާރު ބޭނުންކޮށްގެން ކަރަންޓީންގައި ތިބުމަށް މަޖުބޫރު ކުރެވިދާނެތޯ ސުވާލު އުފައްދާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވަނީ ޤާނޫނުލް ޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) އަށް އިޝާރާތް ކުރައްވައި މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، އެހެން މީހަކަށް އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަމަ، އެ ޢަމަލު ހިންގި މީހާ އެކުރަނީ ކުށެއްކަމަށް ވިދާޅުވެފައެވެ.
އަދި އެމީހަކު އެ ޢަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައިކަމަށް ރަމްޒުކުރެވޭ ޙާލަތުގައި އެކުށެއް ދަރަޖަ ކުރެވޭނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގައި ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މިގޮތުން ކަރަންޓީނު ކޮށްފައި ހުއްޓާ ހޮޓަލަށް ކޮފީއަށް ދިއުމަކީ މިކަމުގެ މިސާލެއް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު