ބަލިތަކުން ރައްކާތެރިވުމަށް ކުރަންވިކަމަކީ ގިނަގިނައިން ޤުރުއާން ކިޔަވާ ޒިކުރުކުރުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޢިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި މިހާރަކަށް އައިސް ބަލިމަޑުކަމުން ސަލާމަތްވުމަށް ކަމަށްބުނެ ދުންއަޅައި، ތަކްބީރުކިޔަމުން ހިނގައިހަދާކަން ފާހަގަ ކުރައްވައި ޑރ އިޔާޒް ވަނީ އެފަދަ ސާބިތުނުވާ ޢަމަލުތަކުން ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.

ޑރ އިޔާޒް މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު މާލެ އަތޮޅު ހުރާގައި ކޯވިޑް-19 ފަދަ ރޯގާތަކުން ރައްކާތެރިވުމަށް ކަމަށްބުނެ ތަކްބީރުކިޔަމުން އެރަށުގެ އިސް ރަށްވެހިންތަކެއް ހިނގާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ހުރިހާ ފަރުޟު ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އަންގާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބަލީގެ ޢަލާމާތްތައް ހުރިކަމަށް ޝައްކު ކުރެވޭތީ ކަރަންޓީން ކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން