ކޯވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންއެމްޑީއޭ) އާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާ އެކު، މަޖިލީހުގެ އާއްމު ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީން ރޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށާއި، ސަރުކާރުން މިހާރު އެ ގެންނަ ކޮންޓްރޯލްތަކަކީ ސަރުކާރުން އަންދާޒާ ކޮށްފައިވާ މިންވަރަށް މިރޯގާގެ ކަތްތައްތައް ހިނގައިދާނެ ކަމަށް ދެކި، އެ ކަމަށް ތައްޔާރުވެ ތިބެ ގެންނަ ކޮންޓްރޯލްތަކެއް ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން