ރާއްޖޭގެ ސްކޫލުތަކާއި ޓިއުޝަން ސެންޓަރުތަކާއި ޤުރްއާން ކުލާސްތައް ވަގުތީ ގޮތުން އިތުރު އެއް ހަފުތާގެ މުއްދަތަށް ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް ނެރުއްވި އެންގުމެއްގައި ވިދާޅުވެފައިވަނީ މިހިނގާ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކިޔަވައިދޭ ތަންތަން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާ ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގެ އިތުރުން އެފަދަ ތަޢުލީމު ދޭ ތަންތަން ވަގުތީ ގޮތުން އެއް ހަފުތާއަށް ބަންދު ކުރުމަށް ނުވަތަ އެތަންތަނުގައި ކިޔަވައިދިނުން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމުރުުރައްވާފައިވާއިރު މިހިނގާ ހަފުތާއަކީ ވެސް ސްކޫލް ތަކުގެ ކިޔެވުން ބަންދު ހަފުތާއެކެވެ.
ކިޔަވައިދޭ ތަންތަނުގެ އިތުރުން ސިނަމާތައް ވެސް ބަންދު ކުރުމަށް ވަނީ އަންގަވާފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ އެންމެހައި ސިނަމާ ތަކާއި ފިލްމް ތިއޭޓަރތައް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ބަންދު ކުރުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަމުރު ކުރައްވާފައެވެ.
ކޮރޯނާ ވައިރަސްގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު އާންމު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ދަރުބާރުގޭގައި މީޑިޔާއަށް މައުލޫމާތު ދެއްވަމުން މިއަދު ވަނީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ބައެއް މައުލޫމާތުވެސް ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީ ވިލާތުން އައި ނުވަ މީހަކާއި އިނގިރޭސި ވިލާތުގެ މީހަކާއި ތުރުކީ ވިލާތުގެ މީހަކާއި ޖަރުމަން ވިލާތުގެ މީހަކާއި ދެކުނު އެފްރިކާގެ މީހެއް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ހަ ފިރިހެނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު