ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހޭ ކޯވިޑް-19 ހަލުއިކަމާއެކު ފެތުރެމުންދާތީ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން މެލޭޝިޔާ ބަންދުކޮށްފިއެވެ.
މެލޭޝިޔާއަށް ދަތުރުފަތުރުކުރުމާއި ފިހާރަތަކާއި ސްކޫލްތަކާއި އޮފީސްތައްވެސް ހިމެނޭ ގޮތަށް މާދަމާއިން ފެށިގެން ދެހަފުތާ ވަންދެން މެލޭޝިޔާ ބަންދުކުރަން ނިންމިއިރު މެލޭޝިޔާ ހިމެނިފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގައި މިބަލި އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ ޤައުމުކަމުގައެވެ. މެލޭޝިޔާގައި އެހާ ހަލުއިކަމާއެކު ބަލި ފެތުރެން ފެށީ އެ ޤައުމުގައި ބޭއްވި ދީނީ އެއްވުންތަކެއްގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މާދަމާއިން ފެށިގެން ދެ ހަފުތާއަށް މެލޭޝިޔާ ލޮކްޑައުން ކުރިކަން އިޢުލާން ކުރައްވައި ބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިޢުލާން ކުރައްވަމުން މެލޭޝިޔާގެ ބޮޑުވަޒީރު މިއަދު ހަވީރު ވިދާޅުވީ މި ބަންދުގެ ތެރޭގައި މެލޭޝިޔާގެ ރައްޔިތުން ރަށުން ބޭރަށް ފުރުން މަނާކޮށް ކާބޯތަކެއްޗާއި ދުވަހުން ދުވަހަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަތައް ފިޔަވައި އެހެނިހެން ވިޔާފާރިތައް ވެސް މި މުއްދަތުގައި ބަންދުވާނެ ކަމަށެވެ.
ބޮޑުވަޒީރު މުހުޔިއްދީން ޔާސިން ވިދާޅުވީ މިމަހުގެ 18 ވާ އަންގާރަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް މެލޭޝިޔާގެ ލޮކްޑައުން ދެމިއޮންނާނެ ކަމަށެވެ. މި ބަންދުގައި ގިނަ މީހުން އެއްވާ އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. މީގެތެރޭގައި ދީނީ އެއްވުންތަކާއި ކުޅިވަރާއި އާންމު އިޖުތިމާޢީ އެއްވުންތައް ފަދަ ހުރިހާ ބާވަތެއްގެ އެއްވުންތައް ހިމެނެއެވެ. މީގެއިތުރުން އަޅުކަންކުރާ ތަންތަނާއި ބޮޑެތި ފިހާރަތައް ވެސް މީގެތެރޭގައި ހިމެނެއެވެ. ނަމަވެސް ސުޕަރމާކެޓްތަކާއި ކާބޯތަކެތި ވިއްކާ ފިހާރަތައް މީގެ ތެރެއަކު ނުހިމެނެއެވެ.
މެލޭޝިޔާއަށް އަރާ ފުރުން ވެސް މަނާކޮށްފައިވާއިރު ބޭރު ޤައުމުތަކުން އަންނަ މެލޭޝިޔާ ރައްޔިތުން 14 ދުވަސް ވަންދެން އަމިއްލައަށް އެކަހެރިވެ ތިބެންޖެހޭނެއެވެ. މިމުއްދަތުގެ ތެރޭގައި މެލޭޝިޔާއަށް ފަތުރުވެރިން އައުންވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ރަށުގައި ތިބި އެހެން ޤައުމުތަކުގެ މީހުންނަށް އެނބުރި ރަށަށް ދިއުމަށް ފުރުސަތުދޭނެއެވެ. ސަފީރުންނާއި އެފަދަ ޑިޕޮލެމިޓިކް ފަރާތްތަކުން ބޭނުން ނަމަ އެބޭފުޅުންގެ ޤައުމަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ޕްރީ ސްކޫލުން ފެށިގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ކިޔަވައިދޭ ތަންތަނާއި އިންޓަރނޭޝަނަލް ސްކޫލްތައްވެސް ލޮކްޑައުން މުއްދަތުގައި ބަންދުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ކަރަންޓާއި ފެނާއި މުއާސަލާތާއި ޕޯސްޓާއި ބޭންކާއި ދަތުރުފަތުރާއި ބްރޯޑްކާސްޓިންގއާއި ޞިއްޙީ ޚިދުމަތް ފަދަ އާންމު ޚިދުމަތްތައް ދޭ ފަރާތްތައް ފިޔަވައި އެހެން ހުރިހާ އޮފީސްތައް ވެސް މި މުއްދަތުގައި ބަންދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު