ޑރ. ޢާއިޝަތު ޢަލީ ނާޒް
ޑރ. ޢާއިޝަތު ޢަލީ ނާޒް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާވަމުން ދިޔައިރު އެކަމާ ސުވާލެއް ކޮށްނުލާ ތިބި މީހުންނަށް، އެކައުންޓަށް ޖަމާވަމުން ދިޔައީ ކޮރަޕްޝަންގެ ފައިސާކަން ރޭކާލީ މިއަދުތޯއޭ ވިދާޅުވެ ނަފްސާނީ ޢިލްމުވެރިޔާ ޑރ. ޢާއިޝަތު ޢަލީ ނާޒް ސުވާލު އުފައްދަވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުން އިއްޔެ ޢާންމު ކުރުމުން އެފައިސާ ލިބުނުއިރު އެއީ ޚިޔާނާތުގެ ފައިސާކަން ނޭންގޭ ކަމަށް ލިސްޓުގައި ނަން ހިމެނޭ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން ޑރ. ނާޒް ވިދާޅުވީ، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވަމުން ދިޔައިރު އެފައިސާ ޖަމާކުރި މީހަކާއި، އެފައިސާ ޖަމާކުރަމުން ދިޔައީ ކޮންބޭނުމެއްގައިކަން އޭރު ނޭނގޭ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކަޅު ފައިސާ ދޮވުމަށް ބާރުދީ މަގުފަހި ކޮށްދިން މީހުން މިއަދު އެކަން ނޭންގޭ ކަމަށް ބުނުމަކީ މައްސަލައެއް ކަމަށް ނާޒް ވިދާޅުވިއެވެ.

ޑރ. ނާޒް އިތުރަށް ވިދާޅުވީ، އޭރު ފައިސާ ލިބުނު މީހުން އެފައިސާއިން މިއަދު މަހުޖަނުންނަށްވެ، އަދިވެސް ދަޢުލަތުގެ މަޤާމުތަކުގައި ތިބުމަކީ ދެރަކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޙައްޤު މިންވަރަކީ މިއީތޯ ޑރ. ނާޒް ވަނީ ސުވާލު އުފައްދަވާފައެވެ.

"އަޅެފަހެ ހަމަ ރައްޔިތުން މިހެން ތިބެންވީ. އަސްލު ފަރުދީ ޒިންމާ ނަގަން ރައްޔިތުން ކިހިނެއް ހަދަންވީ؟ އެމީހުންނަށް ޒީރޯ ޓްލެރެންސް." ޑރ. ނާޒް ވިދާޅުވިއެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް މި ލިސްޓު ދިރާސާކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ތިބި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މި ލިސްޓުގައި އޭރާއި މިހާރު ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.

އަދި އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ނަން

19-May-2021

ނާޒް ވަރަށް ތާހިރު ހިޔާނާތުގެ ފައިސާއޭ ކިޔައިގެން އަނގައަރުވަން؛ ތިވެސް ނުހައްގުން ބަލިމީހުން އަތުން އެތައް ފައިސާއެއް އަތުލާ މީހެއް.


0

ހަސަން

16-May-2021

އެފައިސާ ނަގާ މީހުންނަށް ބެހިމީހުން ކޮބާބާ??


-8

ކަމަނާ

15-May-2021

ޕީޕީކުދިންޖަލްސާއްގިނިގެއިޔެސް ތެލާރިންދީ. ސަހަރޯ



ޓްރެންޑިން