ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ހެލްތް ޕެރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ ސާމްޕަލް ނެގިފައިވާ މީހާ އަކީ މެލޭޝިއާ އަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އައި ފަރާތެކެވެ. އަދި މި މީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމަ އެއާއެކު އއ. މަތިވެރިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ހުރި ދެ ފަތުރުވެރިޔަކު އެކަހެރި ކޮށްފައިވާ ކަމަށްވެސް މިރޭގެ ނިއުސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން