ދިވެހިން އިޒްރޭލަށް ސަޕޯޓު ނުކުރާނަމަ ދިވެހި ރާއްޖެ ވުޖޫދުންވެސް ގެއްލުވާލާނެ ކަމުގެ އިންޒާރު ދެމުންދާ އިންޑިއާގެ އާންމު ރައްޔިތުން މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ދިވެހީން ފަލަސްތީނަށް ތާއީދުކޮށް ޝުޢޫރުފާޅުކުރަން ފެށުމުން އިންޑިއާގެ ބައެއް ރައްޔިތުން ހިނތްމަނުޖެހިގެން އިޒްރޭލާ ދެކޮޅަށް އަޑުއުފުލާނަމަ ދިވެހި ގައުމުވެސް ނައްތާލާނެ ކަމަށް ބުނުމަކީ ވަރަށް ހައްސާސް މައްސަލައެކެވެ. މިއީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުންތަކަށް ވެސް ބުރޫއަރާފާނެ މައްސަލައެއްކެވެ.
އިންޑީއާގެ ބައެއް ރައްޔިތުން މިފަދަ އިންޒާރުތަކެއް ދޭންފެށީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުން ގެންދާ އުދުވާނީ ހަމަލާތައް ނިމިގެންދިޔަ މާތްވެގެންވާ ރޯދަމަހުގެ ފަހު ދިހައިގައި ވަރުގަދަ ކުރުމާއިއެކު ފަލަސްތީނާއެކު ދިވެހީން ތިބިކަމަށް ގިނަ ދިވެހިން ބުނަން ފެށުމާއިއެކުއެވެ. އެގޮތުން ކޯވިޑްގެ ބަލިމަޑުކަމާއެކުވެސް ގިނަ އަދަދެއްގެ ދިވެހި ޒުވާނުން އިސްނަގައިގެން މިހާރުވެސް ވަނީ ފަލަސްތީނާ އެކުގައި ވާކަން އަންގައިދިނުމުގެ ގޮތުން ހުޅުމާލޭގައި ސައިކަލު ބުރެއްވެސް ބާއްވާފައެވެ. އަދި ދިވެހިންގެ ގިނަބަޔަކު ގެންދަނީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް މީސްމީޑިއާގައިވެސް ޝުޢޫރު ފާޅުކޮށް ނުރުހުންފާޅުކުރަމުންނެވެ.
މިއީ ދިވެހި ރައްޔިތުން އަލަކަށް ކުރަމުން ގެންދާ ކަމެއް ނޫނެވެ. މިދެންނެވި ސައިކަލުބުރު ޖެހި ގިނަ ޒުވާނުން މިދުނިޔެއަށް އުފަން ނުވަނީސްވެސް ދިވެހީން ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނާ ދެކޮޅަށް ތެދުވެ އަޑު އުފުލާފައެވެ. އަދި ރައްޖެއަކީ ކިތަންމެ ކުޑަ އަދި ކިތަންމެ އާބާދީ މަދު ގައުމެއް ކަމުގައި ވީނަމެސް ދިވެހި ގައުމުގެ ގިނަ ވެރިން ދިޔައީ ފަލަސްތީނަށް ތާއީދުކޮށް އަދި އިޒްރޭލްގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އަޑުއުފުލަމުންނެވެ. އަދި ސީދާ އަމަލީ ގޮތުން ވެސް ދިވެހީން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ކުރީގައި ވެސް ފޯރުކޮށްދީފައެވެ.
(ދިވެހިން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް ދިވެހި ނަރުހުން ޕީޕީއީ ގައި ފަލަސްތީނުގެ ދިދައާއިއެކު ފަލަސްތީނު މިނިވަން ކުރުމަަށް ގޮވާލަނީ. | ފޮޓޯ: ޓްވިޓަރ)
އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ ހަމަލާތަކާއި ގުޅިގެން އެގައުމާ ދެކޮޅަށް މީސްމީޑިއާގައި ގިނަ ބަޔަކު އަޑުއުފުލަމުންދާއިރު އިޒްރޭލަށް ތާއީދުކުރާ އެފަދަ ފަރާތްތަކަށް ބައެއް މީހުން ފުރައްސާރަކުރަމުންދާއިރު، އޭޝިއާ ބައްރުން އެކަމުގައި އެންމެ ފާހަގަކޮށްލެވެނީ އިންޑިއާ މިކަމުގައި އެންމެ އުހުގައި އިސްރޯލެއް އަދާކުރާތަނެވެ. އިންޑިއާއާއި ގާތްގުޅުމެއް އޮންނަ ދިވެހިރާއްޖޭގެ ރައްޔިތުން އިޒްރޭލާ ދެކޮޅަށް މީސްމީޑިއާގައި އަޑުއުފުލަމުންދާ މައްސަލައިގައި، ރުޅިގަދަވެ ހިތްހަމަނުޖެހިފައިވާ އިންޑިއާގެ ބައެއް ރައްޔިތުން ދަނީ ދިވެހިން އިޒްރޭލަށް ސަޕޯޓު ނުކުރާނަމަ ދިވެހި ރާއްޖެ ވުޖޫދުންވެސް ގެއްލުވާލާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ.
(ދިވެހިން އިޒްރޭލަށް ސަޕޯޓު ނުކުރާނަމަ ދިވެހިރާއްޖެ ވުޖޫދުން ގެއްލުވާލާނެ ކަމުގެ އިންޒާރު ދީ އިންޑިއާގެ ރައްޔިތަކު ކޮަށްފައިވާ ކޮމެންޓެއް. | ފޮޓޯ: ފޭސްބުކް)
މިއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ އިންޑިއާގެ ގިނަ ބަޔަކު އިޒްރޭލަށް ސަޕޯޓު ކުރަނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. އަދި އިންޑިއާއާއި އިޒްރޭލާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްތޯ އުފެދޭ ސުވާލެވެ.
އިންޑިއާއާއި އިޒްރޭލާ ދެމެދު ދާޚިލީ ގުޅުންތައް ގާއިމުކުރެވިގެން ދިޔައީ 1992 ވަނަ އަހަރުއެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަ ވެފައިވަނީ ނަރެންދްރަ މޯދީ، އިންޑިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ. ދެގައުމުގެ އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މަޝްވަރާތައްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، 2017 ވަނަ އަހަރު އިޒްރޭލަށް ވަޑައިގަންނަވާފައިވެއެވެ. މިއާއެކު މޯދީ ވެެގެންދިއައީ އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަށެވެ. މޯދީގެ މިދަތުރުފުޅުގައި ދެގައުމުން ވަނީ ހަތް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއީ އިންޑިއާގެ އަސްކަރީ ބާރުތައް ވަރުގަދަކުރުމަށް އިތުރު އާލާތްތައް ހޯދުމަށް އިޒްރޭލާއެކު ވެވުނު ހަތްއެއްބަސްވުމެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އިސްވެ ހުންނަވައި އިޒްރޭލާއެކު ގުޅުން ބަދަހިކުރުން ވެގެން ދިއައީ މޯދީއަށް ސަޕޯޓުކުރާ ގިނަބަޔަކު އިޒްރޭލަށް ސަޕޯޓު ކުރުން އިތުރުވެގެން ދިޔަ ކަމަކަށެވެ. މީގެއިތުރުން، އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރިކަމަކީވެސް އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު، މޯދީ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ އުދުވާނެކެވެ. މޯދީ އިޒްރޭލާއެކު ބާއްވާ މި ބަދަހި ގުޅުމާއެކު ފަލަސްތީނުފަދަ މުސްލިމު ގައުމަކާ ދެކޮޅަށް އަޑުއުފުލާ މީހުންވަނީ އިންޑިއާގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.
(އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، 2017 ވަނަ އަހަރު އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.)
ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ގައުމެއް ވުޖޫދަށް ގެނެސްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު 1947 ވަނަ އަހަރުގައެވެ. އިޒްރޭލު މިނިވަންގައުމެއްގެ ގޮތުގައި ވުޖޫދަށްގެނައީ ޔަހޫދީން އިސްވެތިބެއެވެ. މިގޮތުން ފަލަސްތީނު ބައިކޮށް އިޒްރޭލަށް ބައިއެޅުމަށް ހިތްވަރު ދީފައިވަނީ އަލިފުދާލުންނެވެ. މީގެއިތުރުން، 1948 ވަނަ އަހަރު އިޒްރޭލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
އެއަށްފަހު ފަލަސްތީނުގެ ބިންތައް އަތުލުމަަށް އިޒްރޭލުގެ ޔަހޫދީން ނުކުމެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދޭންފެށިއެވެ. މިހަމަލާތައް ވަރުގަދަ ވެގެންދިއައީ 19 އަދި 20 ވަނަ ގަރުނުގައި އުފެދުނު ޒައިނިސްޓު ޖަމާއަތްތަކުގެ ސަބަބުންނެވެ. މިގޮތުން މިޒައިނިސްޓު ޖަމާއަތުގެ މީހުން ބޭނުންވީ ފަލަސްތީނުގެ ބިން އަތުލައި އެބިމުގައި ހަމައެކަނި އިޒްރޭލު ރައްޔިތުން ވަޒަންވެރިކުރުވުމަށެވެ.
މިހާތަނަށް ވެސް ނިމުމެއް ގެނެވިފައިނުވާ މިހަމަނުޖެހުންތަކުގައި މިދިޔަ ހަފުތާގައިވެސް ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވެއެވެ. މިގޮތުން މިދިޔަ ހަފްތާގެ ހޯމަދުވަހުން ފެށިގެން އިޒްރޭލުން ދަނީ ފަލަސްތީނުގެ ގާޒާގެ ސަރަހައްދަށް ވައިގެ ހަމަލާތައް ދެމުންނެވެ. އިޒްރޭލުގެ ވައިގެ ހަމަލާތައް ގާޒާއަށް ދޭންފެށީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވި ރޮކެޓުހަމަލާތަކަށް ފަހުގައެވެ. ހަމާސް އިން އިޒްރޭލަށް ރޮކެޓު ހަމަލާ ދީފައިވަނީ މަސްޖިދުލް އަޤްޞާގައި އިޒްރޭލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލި ގޮވާލުމަށް އިޖާބަ ނުދިނުމުންނެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަކޮށް އާންމުންގެ ގެތަކަށް އަމާޒުކުރުމާއިއެކު ގާޒާގެ ގިނަ ރައްޔިތުން ދަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުންނެވެ. މިއީ 2014 ވަނަ އަހަރަށްފަހު އިޒްރޭލުން ދިން އެންމެ ބާރުގަދަ ވައިގެ ހަމަލާތައްކަމަށްވެއެވެ. މިހަމަލާ ތަކުގައި މިހާތަނަށް 139 މީހަކު މަރުވެފައިވާކަމަށް ފަލަސްތީނުގެ ވުޒާރާތަކުން ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި 40 ކުޑަކުދިން ހިމެނޭކަމަށްވެއެވެ. އަދި މިހަމަލާތަކުގައި 950 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ.
އިޒްރޭލުގެ ހަމަލާތައް މުޅިންވެސް އަމާޒު ކުރަނީ އާންމުން ދިރިއުޅޭ ބައިބޯ ސަރަހައްދު ތަކަށެވެ. އާއިލާތަކާއެކު ބިޔަ އިމާރާތްތައް ބިމާ ހަމަކުރަމުން ގެންދަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް އަދި ޖެހިލުމެއް ވެސް ނެތިއެވެ. މިހަމަލާތަކުގައި އެތައް އާއިލާތަކެއް އެކީގައި ޝަހީދުކޮށްލައި މައިންބަފައިން ޝަހީދު ކޮށްލައި އެތައް ތުއްތުކުދިންނެއް ވަނީ ޔަތީމު ވެފައެވެ. ފަރުވާދޭ ހޮސްޕިޓާތައް ފުރި ބޭހާއި ލެއަށް ޖެހިފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ އިދާރާތަކުންނާއި މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އިޒްރޭލުން މިރޭ ވަނީ ފަލަސްތީނުގައި ހުންނަ ބައިނަލްއަޤްވާމީ މީޑިއާތައް ހިންގާ އިމާރާތަކަށް ހަމަލާދީ ބިމާ ހަމަކޮށްލާފައެވެ. އަލްޖަޒީރާއާއި އޭޕީ ފަދަ ބޮޑެތި މީޑިއާތައް ހިންގާ މިއިމާރާތް ބިމާ އަމަކޮށްލުމަށް ހަމަލާދޭނެ ކަމުގެ އިންޒާރާއެކު ސަލާމަތްވާން ދިނީ އެއްގަޑިއިރުގެ މުހުލަތެވެ.
މިހާރު ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވެ ހަނގުރާމައަކަށް ބަދަލުވުން އެކަށީގެންވާކަމަަށްވެސް ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު