ކޯވިޑްގެ ނުރައްކާ މިހާރު މިއޮތީ ކޮންޓްރޯލުން ނައްޓާފައެވެ. ރާއްޖޭގައި ބަލި ފެތުރޭން ފެށީއްސުރެ މިއިން ދުވަހަކު ނުދާ ހާލަތަކަށް ބަލީގެހާލަތު މިއޮތީ ބަދަލުވެފައެވެ. މީގައި މިހާރު އޮތީ އިހުމާލުވި ބަޔަކު ހޯދުމެއް ނޫނެވެ. އަދި މިހާލަތަށް ތައްޔާރު ނުވީ ކީއްވެތޯ ސުވާލުކޮށް އޭގެ ޖަވާބު ހޯދަން ވަގުތު ބޭކާރުކުރުމެއް ވެސް ނޫނެވެ. މިހާރު އޮތް ހަމައެކަނި ހައްލަކީ ރައްޔިތުން ގެއަށް ވަނުމެވެ. ނުކައި ނުބޮއި ވެސް ގޭގައި ތިބުމެވެ. އަނގަޔާއި އަތާ ދިމާ ނުވިޔަސް ފިހާރަތަކާއި ހޮޓާތައް ބަންދުކޮށްފައި ގެއަށް ވަދެ ބަލި ނުވަންނާނެހެން ރަނގަޅަށް ބަންދުކޮށްގެން ތިބުމެވެ. މިނޫން ހަމަ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.
ރާއްޖެއަކީ ކޯވިޑްގެ މިހާލަތަށް އެންމެ ބޮޑަށް ތައްޔާރުވި ކަމަށް ބުނި އެއް ގައުމެވެ. ކޯވިޑްގެ އެންމެ "ވާސް ކޭސް ސިނާރިއޯ" އަށް މި ރާއްޖެއަށް ވުރެ ބޮޑަށް ތައްޔާރުވި ގައުމެއް މި ސަރަހައްދަކު ނެތެވެ. އެއަށްވުރެ ގިނައިން އަޑު އިވުނު އިބާރާތެއް ވެސް މަދުވާނެއެވެ. ހިސާބުޖަހައިގެން ބޮލަކަށް ޖެހޭވަރަށް އެނދާއި އާލާތްތައް ތައްޔާރުކޮށް ވަސީލަތްތަކާއި މީހުންވެސް ހޯދައިގެން ތިބޭނެ ކަމަށް ބުނެ ލިޔުންތައް ވެސް ލިއުނެވެ. އެކަމަކު މިދުވަސް އައިސް ޖެހުނުއިރު އަދި މިހާލަތަށް ތައްޔާރުވާން މަސްތަކެއް ލިބުނު ނަމަވެސް މިއަދުވެސް ހާލުގެ ދުލުން ގޮވަނީ އެހެން ވާހަކައެކެވެ. އެނދެއް ނެތޭ، މީހުންނެއް ނެތޭ، ވަސީލަތެއްނެތޭ، ސިއްހީ ދާއިރާގެ ވަރެއްވެސް ނެތޭ، އެވެ. އެހެންވީމާ ދެން މިހާރު މިވާހަކަ ދައްކައިގެން ވާނެ އެއްވެސް ފައިދާއެއް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެވާނީ ހަމަ ބޭކާރު ވާހަކައަކަށެވެ. ކަނޑުގައި އަޅާ ރޮނގަކަށެވެ. ދެން ދައްކާންވީ ދެން ހެދޭނެ ގޮތެއްގެ ވާހަކައެކެވެ. ހާލަތު ގޯސްވީމާ ކޮންމެ ކަމެއްގައި ވެސް ދެން އޮންނާނީ ރައްޔިތުންގެ ފަރުދީ ޒިންމާއެވެ. އެއީ މިހާރު ބޮލުން ނައްޓާލަން އެންމެ ފައްކާ ލަފުޒެވެ.
އަޅުގަނޑުމެން މިތިބީ އެންމެ މީހަކަށް ބަލިޖެހުނީމާ ލޮކްޑައުން ކޮށްފައި ބަލިޖެހޭ މީހުންގެ ރޭޓް 200 އަށްވުރެ މަތީގައި އޮއްވާ ހުޅުވާލައި ތަންމިނަށް ލުއިތައްވެސް ދީގެންނެވެ. އިމްތިހާން ބާއްވަންވީމާ ކޯވިޑްގެ ނުރައްކާ އޮވެފައި އިންތިޚާބު ބާއްވަންވީމާ ކޯވިޑްގެ ނުރައްކާނެތްކަމަށް ނިންމައިގެންނެވެ. މިހާރު މިފެންނަނީ އެ އިންތިޚާބުގެ ނަތީޖާ ކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް އެއީވެސް މިހާރު ބޭކާރު ތާކުންތާކު ނުޖެހޭ ވާހަކައެވެ. ވައި އަނގަ ތެޅުމެވެ. އެވާހަކަ ދެއްކީމާ ވާނީ ކޯވިޑްވެސް ސިޔާސީ ކުރަނީ ކަމަށެވެ. ގާނޫނީ ހުސްކަމެއް އަންނާތީ ރައްޔިތުން ހުސްވިއަސް ކުރަންޖެހޭ ކަމެއް ކުރާން ޖެހޭނެތާއެވެ. އެހެންވީމާ އެވާހަކަ އެހިސާބަށް ބާއްވާފައި ފަރުދީ ޒިންމާގެ ވާހަކަ ދައްކަމާ ހިނގާށެވެ.
ހަގީގަތުގައި ވެސް މިހާރު އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. ސިއްހީ ވުޒާރާއިން އެބުނަނީ ސިއްހީ އެހީތެރިން ހަނާވެއްޖެ ކަމަށެވެ. ފެސިލިޓީތަކާއި އެނދުތައް ފުރިއްޖެއެވެ. ދުވާލެއްގެ މައްޗަށް މަރުވާ ރޭޓުންވެސް ދެނީ ނުރައްކާ މެސެޖެކެވެ. މިހާރު މިދާ ރޭޓުން ދާނަމަ އަވަށްޓެރި އިންޑިއާއާ އެއްދަރަޖައަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ. ބަލި މީހުންލާނެ އެނދެއް ނެތީމާ ގައުމުގެ ސިއްހީ އިދާރާތަކުން ކުރެވޭނެ އިތުރުކަމެއް ދެން ނޯންނާނެއެވެ. އައިސީޔޫ ފުރުނީމާ ދެން ފުރާނަ ސަލާމަތް ކުރެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ވެންޓިލޭޓަރު ނެތީމާ އެމީހުން ކުރާނެ ކަމެއް ވެސް ނޯންނާނެއެވެ. ދުވަހުން ދުވަހަށް ޓެސްޓްކޮށް ނަތީޖާ ނުނެރެވޭ ވަރަށް މީހުން ބަލިވަންޏާ ކޮންޓެކްޓްވާ މީހުން ހޯދައިގެން ބަލި ފެތުރުން ހުއްޓަވަން ކުރެވޭނެ މަސައްކަތެއްވެސް ނެތޭ ބުނުން ނޫން ގޮތެއް އެމީހުންނަކަށް ނޯންނާނެއެވެ. އެހެންވީމާ ދެން އޮތީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެވެ.
މިހާރު ބަލިމަޑުކަން މިވަނީ ގައުމުގެ ހުރިހާ ހިސާބަކަށް ފެތުރިފައެވެ. ބަލި ޖެހުނުކަން ކަށަވަރުވެ ޓެސްޓްގެ ނަތީޖާ ލިބެނީ ބަލި ޖެހި ދެބައި މެދަށް ގޮސް ބަލިޖެހޭ މީހާގެ ފަރާތުން އެތައް ބަޔަކަށް ބަލި ޖެހޭ ފަހުންނެވެ. އެހެންވީމާ ރަށްރަށުގައި ވެސް މިހާލަތުގައި އޮތީ ހަމަ ފަރުދީ ޒިންމާއަދާކުރުމެވެ. ފުރަ މާލޭގެ ހާލަތުގެ ވާހަކަ މިހާރު ކިޔައިދޭކަށް ނުޖެހޭނެއެވެ. ދުވާލެއްގެ މައްޗަށް ޓެސްޓްގެ ނަތީޖާއިން ލިބޭ މިންވަރު ހާހުން މަތީގައެވެ. ބަލީގެ އަލާމާތްތައް ފެނިގެން އެހީއަށް އެދި ގުޅީމާ އެހީތެރިކަމެއް ނުލިބި ބަލިޖެހިފައި ތިބި މީހުން ވެސް މަދެއް ނުވާނެއެވެ. އަދި ބަލި ޖެހުނަސް މިހާލަތުގައި ސިއްހީ ދާއިރައަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ގަބޫލުކުރެވޭތީ ބަލި ޖެހިގެން ގޭގައި ތިބި މީހުންވެސް ވަކި މަދެއް ނުވާނެއެވެ. އަދި ގަވާއިދާއި ނުގަވާއިދުން އުޅޭ ބިދޭސީންގެ ބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުގައި އެމީހުންނަށް ބަލިޖެހޭ މިންވަރު މިހާރު ނުވެސް އެނގެއެވެ.
މިއީ އަދިވެސް މުޖައްރިބު ބޭހެއް ނެތް ބައްޔެއްކަން ގަބޫލު ކުރަށްވާށެވެ. އެހެން ނަމަވެސް ކޯވިޑްގެ ދިފާޢީ ވެކްސިނަކީ ބަލި ޖެހުމުން ހަށިގަނޑުގެ ދިފާޢީ ބާރު މަސައްކަތްކޮށް ބަލީގައި ބޮޑުވަރު ނުވެ ސަލާމަތްކޮށްދޭ ފަރުވާއެކެވެ. ވެކްސިން ޖެހިޔަސް ބަލި ޖެހެއެވެ. އެކަމަކު ވެކްސިން ފުރިހަމަ ކުރުމުގެ ފައިދާއަކީ ތިމާއަށް ބަލި ޖެހުމުން އޮކްސިޖަނާއި ވެންޓިލޭޓަރާއި ހަމައަށް ނުގޮސް ބަލި އެނދަށް ނާރައި ފުރާނަ ސަލާމަތް ވުމުގެ ބޮޑު ޔަގީންކަމެއް ލިބުމެވެ. ވެކްސިން ޖަހަން ޖެހެނީ އެހެން ވެގެންނެވެ.
އެހެންވީމާ އޮކްސިޖަން ހޯދަން އެނދު ހިފައިގެން ގަސްދޮށަށް ނޫނީ އަތިރިމައްޗަށް ނުކުންނަން ޖެހޭ ހިސާބަށް ނުދޭތޯ، ސްކޫލް ތަކުގައާއި ގަލޮޅު ދަނޑުގައި އަށި އަޅައިގެން ވާނެ އެއްޗެއްވާން ތިބެންޖެހޭ ހާލަތަށް ނުދަނީސް އަވަހަށް ގެއަށް ވަންނާށެވެ. ދުވާލަކު އެންމެ ފަހަރަކު ނުނުކުމެ ވަންޏާ އެވަރަށް ވެސް ގެއިން ނުުނުކުމެ ތިބޭށެވެ. ބޭރުން އަންނަ މެހެމާނާއަށް ވެސް ގެއިން މަރުހަބާ ނުކިޔާށެވެ. ގޭތެރޭގައިވެސް މާސްކް އަޅައިގެން އުޅޭށެވެ. ބަލި ޖެހުމުގެ ކުރީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާށެވެ. ގިނަގިނައިން އަތް ދޮންނާށެވެ. ނޫނީ ސެނިޓައިޒަރ އެއް ބޭނުންކޮށްގެން އަތް ސާފުކުރުން ގިނަ ކުރާށެވެ. މާސްކް ދަތްދޮޅިން މައްޗަށް ނަގާށެވެ. ދަތްދޮޅީގައި މާސްކް އެޅުމެކޭ މާސްކް ނޭޅުމެކޭ ތަފާތެއް ނެތެވެ. ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބަހައްޓާށެވެ. ގައިގޯޅިކޮށް ނޫޅޭށެވެ. ކުޑަކުދިން އަމުދުން ގެއިން ނުނެރޭށެވެ. ފަސްދޮޅަހުން މަތީގެ މީހުންނާއި ނުރައްކާތެރި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުން ގޭގައި ތިބޭށެވެ. ބަޔަކަށް ސިއްރުން ހޮޓަލަށް ވަދެ ސައިބޮވިދާނެއެވެ. އެކަމަކު މިއުޅޭ ކޮރޯނާ ވައިރަކަހަށް ސިއްރަކުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހަމަ ކުޑަކުޑަ ދޭތެރެއެއް ލިބުނަސް އެސޮރު އަނަގަޔާއި ނޭފަތުން އެތެރެއަށް ދެމިގަންނާނެއެވެ.
މިހިރީކީ އުޅޭކަށް ފަސޭހަ ގޮތްގޮތެއް ނޫނެވެ. މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ބޭރަށް ނުނުކުމެ އުޅުމަކީ ޖަލެއްގައި އުޅުމަށް ވުރެވެސް އުނދަގޫ ވޭންހުރި ކަމެކެވެ. އިމާރާތުގައި އުޅޭ އެންމެން އެއްފަހަރާ މަގަށް ނުކުމެއްޖެ ނަމަ މަގު ފުރޭނެއެވެ. ހަމައެގޮތަށް އެންމެން އެއްފަހަރާ ގެއަށް ވަދެއްޖެއްޔާ ގޭތެރެވެސް ފުރޭނެއެވެ. އިލޮށްޓެއްގެ ބުޑުވެސް ޖައްސާލެވޭ ވަރަށް ތަންކޮޅެއް ލިބޭނީ މަދު ގެއެއްގައެވެ. އަނެއްކޮޅުން ގިނަވާނީ އެންމެ ދުވަހަކު މަސައްކަތް ނުކުރިއަސް އަނގަޔާއި އަތާދިމާނުވާ މީހުންނެވެ. މިހާލަތުގައި ތިންއިރު ހަމައަށް ކައިބޮއި ނޫޅެވޭ މީހުންނެވެ. މިހާލަތުގައި އޮތިއްޔާ އަންނަމަހު ބިލްތައް ނުދެއްކޭ މީހުންނެވެ. ބުއްދަޅު ނުގަނެވޭ ވަރުގެ މީހުންނެވެ. އެހެންވިޔަސް މަސައްކަތްކޮށް ދިރިއުޅުމުގެ ފުރުސަތު ލިބޭނީ ވެސް ދުނިޔޭގައި ހެއުހާލުގައި ތިބެގެން ކަމާއި ރަހުމަތްތެރިންނާއި ލޯބިވެރިޔާއާއި ބައްދަލުކުރާން ދެވޭނީވެސް ދުނިޔޭގައި ހުރެވިގެން ކަމާއި މަޖާކޮށް ވަގުތު ހޭދަކޮށްލައި އާއިލާއާއި އެކީގައި ބޭރަށް ނުކުމެލައި އުޅެވޭނީވެސް ތިމާ ދުނިޔޭގައި ހުރެގެންކަން މިއަދު އެބަ ގަބޫލުކުރަން ޖެހެއެވެ. ހުރިހާ ކަމެއް ގަޟާ ގަދަރާ މަތިކޮށްފައި އުޅޭނެ ގޮތަކަށް އުޅުމަކީ ޖާހިލުންގެ ކަމެއްކަން އަމިއްލައަށް ގަބޫލުކޮށް މިހާރު މިއޮތީ ހަގީގަތުގައި ވެސް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު ޖެހިފައެވެ. އެޒިންމާ އަދާކުރީމާ ތިމާގެ އާއިލާއާއި އަވަށްޓެރިންނާއި ރަހުމަތްތެރިންނާއި މުޖުތަމަޢު ވެސް ސަލާމަތް ކުރުމުގައި، އަދި ކޯވިޑްގެ ނުބައި ބަލިމަޑުކަމުން ސަލާމަތް ކުރުމުގައި ތިމާގެ ޒިންމާ ކޮންމެވެސް ސިފައެއްގައި އަދާކުރެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު