މާލޭގައި ގާއިމުކޮށްފައިވާ ފުލޫ ކްލިނިކް ތަކުގެ ތެރެއިން ޓްރަވަލް ކްލިނިކަށް ދެއްކި ދިވެއްސެއްގެ ގައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އާލާމާތްތައް ފެނިގެން އިތުރަށް ތަހުލީލު ކުރުމަށް އޭނާ އެކަހެރި ކޮށްފައިވާ ކަމަށާއި އއ. މަތިވެރިން ދެ ބިދޭސީއަކާއި އަނަންތަރާ ކިހަވަށް ރިޒޯޓުން ބިދޭއަކުވެސް ޓެސްޓް ކުރެވެމުންދާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ރޭ ބުނީ އޭނާ މިހާރު އެކަހެރިކޮށް އިތުރަށް ތަހުލީލު ކުރުމަށް ފަރުކޮޅުފުށްޓަށް ގެންދެވިފައިވާ ކަމަށެވެ.

މީގެއިތުރުން ރޭވަނީ ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އއ. މަތިވެރީން ދެ ބިދޭސީއަކުވެސް ޓެސްޓް ކުރަން ސާމްޕަލް ނަގާފައެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރަށް މޮނިޓަރިންގ ހާލަތަށް ބަދަލުކޮށްފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި 13 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ ރާއްޖެއަށް ޒިޔާރަތްކުރި އިޓަލީ ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން