ސްޕޭސްއެކްސްގެ ސްޓަރލިންކް އިންޓަނެޓް ޚިދުމަތަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ، ސްޕޭސްއެކްސްގެ ސްޓަރލިންކް ހައިސްޕީޑް އިންޓަނެޓް ހިދުމަތް، މި ސަރަޙައްދަށް ލިބެންފެށުމުން އެ ހިދުމަތް ބްލޮކްކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. މީގެ އިތުރުން ޒަމާންތަކެއް ވަންދެން ހުރި މައްސަލަތަކަށް ބޭނުންވަނީ އުފެއްދުންތެރި ޒަމާނީ ހައްލުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާގެ ވާހަކަފުޅަށް ތާޢީދު ކުރައްވައި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވެސް މިއަދު ވަނީ ސަރުކާރުން މިއަދު އިޢުލާނުކުރި އިންޓަނެޓްގެ ހެޔޮ އަގުތަކާއެކުވެސް، ސްޓަރލިންކް ފަދަ އިތުރު ޚިދުމަތްތަކަށް ފުރުސަތު ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަރުކާރުން މިއަދު އިންޓަނެޓްގެ އަގަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތްތަކުގެ އަގުތައް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގަކަށް ދަށްކުރުން ހިމެނެއެވެ. އަދި ރެސިޑެންޝަން ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް 2 ގުނައާއި 5 ގުނައަށް މަތިވެގެންދާނެއެވެ. މީގެއިތުރުން އެންމެ ކުޑަ ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 300 ރުފިޔާއަށްވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން 1 އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަނެއްކޮޅުން އިންޓަނެޓްގެ އަގަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައި މިވަނީ، އެކަން ލަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.

Welcome innovative solutions to longstanding problems. The Maldivian government has no intention to block SpaceX’s high-speed internet service Starlink, once it becomes available in the region. #NetuHeyo
— Shauna Aminath 🎈❓ (@anuahsa) May 27, 2021
މިނިސްޓަރ ޝައުނާގެ ވާހަކަފުޅަށް ތާޢީދު ކުރައްވައި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވެސް މިއަދު ވަނީ ސަރުކާރުން މިއަދު އިޢުލާނުކުރި އިންޓަނެޓްގެ ހެޔޮ އަގުތަކާއެކުވެސް، ސްޓަރލިންކް ފަދަ އިތުރު ޚިދުމަތްތަކަށް ފުރުސަތު ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
Today’s announcement by @anuahsa on internet pricing and speed takes into consideration immediate generous reduction of prices/ uninterrupted access to internet at reasonable speed for everyone whilst ensuring new investment by providers and allow new tech like starlink access.
— Fayyaz Ismail (@faya_i) May 27, 2021
ސަރުކާރުން މިއަދު އިންޓަނެޓްގެ އަގަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތްތަކުގެ އަގުތައް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގަކަށް ދަށްކުރުން ހިމެނެއެވެ. އަދި ރެސިޑެންޝަން ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް 2 ގުނައާއި 5 ގުނައަށް މަތިވެގެންދާނެއެވެ. މީގެއިތުރުން އެންމެ ކުޑަ ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 300 ރުފިޔާއަށްވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން 1 އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަނެއްކޮޅުން އިންޓަނެޓްގެ އަގަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައި މިވަނީ، އެކަން ލަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.
ކިޔުންތެރިންގެ ހިޔާލު