މިޙާތަނަށް އެއްބެސް ބޭހެއް ވެކްސިނެއް ހޯދިފައި ނެތް، ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ދިފާޢީ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައި ތަހުލީލު ކުރަން ފަށައިފިއެވެ. މިވެކްސިން އެންމެ ފުތަމަ ޖެހީ އެކަމަށް ވޮލަންޓިއަރ ކުރި އެމެރިކާގެ އަންހެނެއްގެ ގަޔަށެވެ.

އެމެރިކާގެ ވޮޝިންގޓަންގެ ސީޓްލްގެ ތަހުލީލީ މަރުކަޒެއްގައި ޓެސްޓް ކުރަން ފެށި މި ވެކްސިންގ ވޮލެންޓިއަރ ކުރި ހަތަރު ބަލިމީހަކަށް ޖަހާފައިވާ ކަމަށް މީޑިޔާ ތަކުންބުނެއެވެ. ކަމުގެ މާހިރުން ބުނާ ގޮތުގައި އަދިވެސް މިވެކްސިން މަސައްކަތް ކުރޭތޯ ބެލުމަށް މަސްތަކެއް ނަގާނެއެވެ.

ވެކްސިން ޖެހުމަށް ވޮލަންޓިއަރ ކޮށްގެން ފުރަތަމަ ވެކްސިން ދީފައިވަނީ އުމުރުން 43 އަހަރުގެ ދެކުދިންގެ މަންމައަކަށެވެ.

މިނޫނަށް ދުނިޔޭގެ ސައިންސް ވެރިން ދަނީ ކޯވިޑް-19 އަށް ދޭނެ ދިފާޢީ ވެކްސިނެއް ހޯދުމަށް ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

އިންސާނުންގެ ގަޔަށް ޖަހައިގެން ފުރަތަމަ ފަހަރަށް ކުރާ މި ތަހުލީލު ސްޕޮންސަރ ކޮށްފައިވަނީ އެމެރިކާގެ ނެޝަނަލް އިންސްޓިއުޓް އޮފް ހެލްތުގެ ފަރާތުންނެވެ. މިވެކްސިން މިހާރުވަނީ ޖަނަވާރުންނަށް ދީގެން ތަހުލީލު ކޮށްފައެވެ.

މިވެކްސިން އުފެއްދި ބަޔޯޓެކްނޮލޮޖީ ކުންފުނި މޮޑަރނާ ތެރަޕިއުޓިކްސް އިން ބުނެފައިވަނީ މި ވެކްސިން އުފައްދާފައިވަނީ ނަތީޖާ ލިބިފައިވާ މަރުހަލާ ތަކަކެއްގެ ތެރެއިން ކަމަށެވެ. ކަމާބެހޭ ތަޖުރިބާކާރު ޑޮކްޓަރުންވެސް ބުނެފައިވަނީ މި ވެކްސިނަކީ ކުރިން ބޭނުން ކޮށް ނަތީޖާ ލިބިފައިވާ މާއްދާތަކެއް ހިމެނޭ ފެންވަރު ރަނގަޅު ވެކްސިނެއް ކަމަށެވެ. މިވެކްސިން އިންސާނުންނަށް ޓެސްޓް ކުރުމުގެ މަރުހަލާ ދާނީ ވަރަށް ބޮޑަށް ބަލައިގެން ފަރުވާތެރިކަމާއެކުގައި ކަމަށްވެސް ކަމާބެހޭ މާހިރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން