މިޙާލަތުގައި ނަމާދުގެ ޖަމާޢަތް ދޫކޮށްލުމަކީ ޝަރުޢީ ޢުޛުރެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް ޢާއްމުކޮށް ތަންތަނަށް އެއްވެ ނޫޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ. މިކަމާ ގުޅިގެން ޝައިޚް ޝަމީމް މިއަދު ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެދާނެ ދުވަސްވަރު އަދި އޮތީ ކުރިމަތީގައި ކަމަށާއި، އެހެންކަމުން ހުރިހާ ބާވަތެއްގެ އެއްވުންތައް މެދުކަނޑާލަން ޖެހޭ ކަމަށެވެ.

އަދި ނަމާދާއި ހުކުރު ނަމާދު، ޖަމާޢަތްތަކުން ތިމާއާ އެހެން މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮންނަ ޙާލަތުގައި ޖަމާޢަތް ދޫކޮށްލުމަކީ ޝަރުޢީ ޢުޛުރެއް ކަމަށް ޝައިޚް ޝަމީމް ވިދާޅުވެފައިވެއެވެ.

ޝައިޚްގެ ވާހަކަތަކަށް ބާރުދެއްވައި ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ ނޭނގިތިބެ އެހެން މީހުންގެ ފުރާނައަށް އަދި އަމިއްލަ ފުރާނައަށް ވެސް ނުރައްކާ ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޝައިޚްގެ ނަޞޭޙަތް ވަރަށް ރަނގަޅުކަމަށް ވިދާޅުގެ ޝައިޚް ޝަމީމަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން