ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރުމަށް ތާޢީދު ކުރައްވާ ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް ހުށައެޅުމަށް ނިންމާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުންނެވެ. މި ނިންމުމަށް ތާޢީދު ކުރައްވައި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން ވިދާޅުވީ ޤައުމަށް ފައިދާހުރި އަދި ދިވެހި ރައްޔިތުންގެ މަސްލަޙަތު އިސްކުރެވޭ ކޮންމެ ކަމެއްގައި އުފަލާއެކު އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ޣައްސާންގެ ޓްވީޓްގައި ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ބޭނުންކުރާ މީ މަގޭ ރާއްޖެ ޝިޢާރު ވެސް ވަނީ ހިމަނުއްވާފައެވެ.
މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވާ ހީނަރުކަން ފޫބެއްދުމަށްޓަކާ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކާ ކުރެވޭ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތައް ވެސް ކުޑަކުރުމަށް އެމަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން މަޖިލީހުގެ ކޮއްތު ކަނޑާލައިގެންނާއި އެހެނިހެން ގޮތްގޮތުން ޚަރަދު ކުޑަކޮށްގެން މަޖިލީހުގެ ބަޖެޓުން ފައިސާ ބާކީ ކުރުމަށް ވަނީ ނިންމާފައެވެ.
މަހުމުސާރައާއި އިނާޔަތްތަކަށް ބަލާއިރު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު