ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު (މ)
ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު (މ)
ފޮރިން މިނިސްޓްރީގެ މުވައްޒަފުން ސިވިލްސަރވިސް ކުޑައިގެ ދަށުން ބޭރަށްނެރެ ފޮރިން ސަރވިސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ފޮރިން ސަރވިސަކީ ޕްރޮފެޝަނަލް ގޮތެއްގައި ހިންގާ ޚިދުމަތަކަށް ހެދުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ރައްޔިިތުންގެ މަޖިލީހަށް ފޮރިން ސަރވިސް ބިލް ހުށައަޅާފައެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ އެބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ރާއްޖޭގެ ފޮރިން ސަރވިސް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސެއް ބިނާކުރުމެވެ.

ބިލްގައިވާގޮތުން އެ ބިލު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަންޖެހެއެވެ. އަދި އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަށްވާ ފޮރިން ސެކްރެޓަރީ އެވެ. އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ ފޮރިން މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި އެ މަގާމުގެ މުއްދަތަކީ ގިނަވެގެން ތިން އަހަރުގެ ދެ ދައުރުކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައްވެސް ހިމަނާފައިވެ އެވެ. އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ. ބިލްގައި ޚާރިޖީ ވުޒާރާގެ މުވައްޒަފުން ބިނާކުރުމަށް ވަކި އިންސްޓިޓިއުޓެއް ޤާއިމްކުރުމަށްވެސް ވަނީ ހިމަނާފައެވެ.

މި ބިލު ޤާނޫނަކަށް ވުމާއެކު ރާއްޖޭގައި ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އުފެދި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާނެ ހަރުދަނާ ކެރިއަރ ބޭސްޑް ޑިޕްލޮމެޓުންތަކެއް އުފެދިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޏަބީލް

27-Jun-2021

އިންޑިޔާ ދަށަށް ގެންދިއުމުގެ ސްޓްރެޓަޖީތެރެއިން އެއްބޮޅު. އަޅުވެތިކަން. ދެން އިންޑިޔާ މީހުންވެސް ވަރަށް ގިނައިން ތިބޭނެ ތިތާންގަ.އެމްޑިޕީ ކީހާ ޅެން ފަރިއްސަށް



ޓްރެންޑިން