ކޯވިޑް-19 އެންމެ ފަސޭހައިން ޖެހެނީ ނުވަތަ ބަލި ޖެހުމުގެ ރިސްކް އެންމެ ބޮޑީ އޭ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ކަމުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯރޯނާ ވައިރަހުން ޖެހޭ ކޯވިޑް-19 އެންމެ ފަސޭހައިން ޖެހެނީ އޭ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ކަމަށެވެ. އަދި މިބަލި ޖެހުން އެންމެ ދުރީ އޯ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ކަމަށްވެސް އުގައިލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޕްރޮފެސަރ އުގައިލް ހާމަކުރައްވާފައިވާ މިދިރާސައަކީ ދުނިޔޭގެ ކޮންތާކު، ކޮން ބަޔަކު ކޮށްފައިވާ ދިރާސާއެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިއީ ސީދާ އޭނާ ކުރައްވާފައިވާ ދިރާސާއެއް ކަމެއްވެސް ވިދާޅުވެފައެއް ނުވެއެވެ. އުގައިލްގެ ޓްވީޓުން ހާމަވާ ގޮތުގައި މި ދިރާސާއަކީ ކަމާބެހޭ މާހިރުން ކޮށްފައިވާ އެކަޑެމިކް ދިރާސާއެއްގެ މައްޗަށް ބިނާވާ މައުލޫމާތެއްނޫންކަން ހާމަވެއެވެ.
ކޯވިޑް-19 އާއި ރާއްޖެއާއި ގުޅުވައިގެން މީގެ ކުރިން ޕްރޮފެސަރ އުގައިލް މިފަދަ މައުލޫމާތު ތަކެއް ހާމަ ކުރައްވާފައި ވެއެވެ. އެފަހަރު އޭނާ ވިދާޅުވެފައިވަނީ ކޯވިޑް-19 ކޮންޓްރޯލް ނުވެ އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖޭގައި ހިނގައްޖެ ނަމަ ރާއްޖެއިން 10 ހާސް މީހުން އެބަލީގައި މަރުވާނެ ކަމަށެވެ. އޭނާ އާންމުކޮށްފައިވާ މި މައުލޫމާތުގައި ބޮޑަށް ބުރަވެ ވަޑައިގެންފައި ވަނީ ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރާއި ބަލި ޖެހޭ މީހުންގެ ނިސްބަތާއި ބަލީގައި މަރުވާ މީހުންގެ ނިސްބަތަށެވެ.
ނަމަވެސް އުގައިލްގެ މި ދިރާސާއާއި މެދު ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފާޑުކިޔައި ކަންބޮޑުވުން ހާމަކުރަން ފެށުމުން އޭނާ ވަނީ އެ މައުލޫމާތުހާމަކުރައްވައިގެން ދިވެހި ރައްޔިތުން ހާސްވެ ކަންބޮޑުވާނަމަ އެކަމަށް މަޢާފަށް އެދިވަޑަގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު