ރާއްޖޭގެ ގިނަ ރައްޔިތުން މިހާރު އެންމެ ކަންބޮޑުވާ މައްސަލައަކީ އިންޑިއާގެ މިލިޓަރީ ބައިވެރިވުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރުގަދަ ވެދާނެ މައްސަލައާ މެދުގައެވެ. މިކަމާއި އެންމެ ދެކޮޅު ކަމަށް މީގެ ކުރިން ގަބޫލު ކުރެވިފައި އޮތީ ސަރުކާރާއި އިދިކޮޅު މީހުންނެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ހަގީގީ އެމްޑީޕީ މެމްބަރުންވެސް އެކަމާއި ހަމަ ނިހާޔަތަށް ދެކޮޅެވެ.
މިކަން ޔަގީން ވެގެން ދިޔައީ އިންޑިއާގެ އެތްލީޓަކު ރާއްޖޭގެ ޖާޒީގައި، އިންޑިއާގައި ބޭއްވި އިވެންޓެއްގައި ބައިވެރި ކުރުވުމާއި އެކުގައެވެ. އެކަން އެގޮތަށް ކޮށްފައިވަނީ އެންމެ ބާރަށް "އިންޑިއާ އައުޓު" އޭ ކިޔާ އިދިކޮޅު ޕީޕީއެމްގެ އެސްޖީ، މުހައްމަދު ތޮލާލު އިސްކޮށް ހުންނަވައިގެންނެވެ. ތޮލާލަކީ އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްވެސް މެއެވެ.
އެމުބާރާތުގައި އިންޑިއާގެ ދުވުންތެރިޔަކު ރާއްޖޭގެ ޖޯޒީ ލައްވާ އަދި ރާއްޖޭގެ ޓީމުގައި ހިމެނުމާއި ގުޅިގެން އެމްޑީޕީގެ އެންމެ ހަރަކާތްތެރި އެއްމެމްބަރު ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ވަނީ މަޖިލީހުގައި އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. ހުސެން ވިދާޅުވީ، "ރާއްޖެއަށް ގެއްލުން ލިބޭ މިފަދަކަންތައް ޕީޕީއެމް އެސްޖީ ކުރުން ބަލައި ނުގަނެވޭނެ" ކަމަށެވެ.
ކޮންމެ ނިޔަތެއްގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް އެކަން ކުރެއްވި ނަމަވެސް އަނދުން ހުސޭން ވިދާޅުވިހެން ގިނަ ރައްޔިތުން އެކަން ބަލައި ނުގަންނާނެ އެވެ. އެއީ އިންޑިއާގެ މިފަދަ ކޮންމެ ކަމަކުން އެމީހުން އޭގެ އެންމެ ބޮޑު އެޑްވާންޓޭޖް ނަގާނެތީ އެވެ. މިއީ މިހާތަނަށް އިންޑިއާގެ އިންވޯލްމަންޓް އޮތް ހުރިހާ ތަނަކަށް ދިމާވި މައްސަލައެވެ. ކަޝްމީރުގެ އިންޑިއާ ފަޅިއަކީ އޭގެ ހެއްކެކެވެ.
ކޮންމެއަކަސް މިހާރު އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭ ކަމަކީ އިދިކޮޅު ފާރާތްތަކަށްވުރެ އެމްޑީޕީއިން "އިންޑިއާ އައުޓު" ގޮވަން ބޭނުންވާ ކަމެވެ. އިހަކަށް ދުވަހު އިންޑިއާއިން އައްޑޫ ލޫޓުވަމުން އަންނަ ވާހަކައާއި އެކަމަށް ސަލާމަތީ ބާރުތަކަށް ޓެގްކޮށް އެންމެ ވަރުގަދަ ބަހުގެ ހަމަލާއެއް ދިނީވެސް އެމްޑީޕީގެ އައްޑޫގެ ވަރަށް ހީވާގި އެކްޓިވިސްޓަކަށް ވުމީ އިއްތިފާގެއް ނޫނެވެ.
އެމްޑީޕީ އެގޮތަށް އިންޑިއާއާއި ދެކޮޅަށް އެއްޗެއް މިވަގު ނުބުނަނީ ވެރިކަމުގައި ތިއްބެވި އިސްފަރާތްތަކަށް އިދިކޮޅުގެ ޕްރެޝަރ ބޮޑުތަނުން ބޮޑުވެދާނެ ކަމަށް ބަލާފަ ކަމަށް މިހާރު ގަބޫލު ކުރަން ޖެހެއެވެ. ކިރިޔާވެސް އިންޑިއާއާއި ދެކޮޅަށް ބަހެއް ބުނަން ލިބޭ ކޮންމެ ފުރުސަތެއްގައި އެމްޑީޕީގެ މެމްބަރުން ފަސްނުޖެހޭނެކަން މިހާރު ޔަގީނެވެ. އެހެންކަމުން މިއިން އެނގޭ އެއްކަމަކީ ގައުމުގެ ކަންކަން ގޯހުން ގޯހަށް ދާން މިހާރުގެ ސަރުކާރުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް ވަގުތު ޖެހުމުން އެމްޑީޕީގެ މެމްބަރުންވެސް ކެރިގެން ނުކުންނާނެ ކަމެވެ. ޕާޓީއަށްވުރެ ގައުމު ބޮޑު ވާނެކަން އެމްޑީޕީގެ ގިނަ މެމްބަރުން ހިތާހިތުން ގަބޫލު ކުރެއެވެ. މަދު ބަޔަކު ސިޔާސީ ބައެއް ފަރާތްތައް ބޭނުންވާ ކޮންމެ ގޮތަކަށް އާނބަސް ބުނެގެން ތިއްބަސް އެއީ ހަގީގީ އެމްޑީޕީ މެމްބަރުން ނޫންކަން މިހާރު އެނގެން ފަށައިފއެވެ.
ޖޯޒީގެ މައްސަލާގައާއި އަދި އައްޑޫ ލޫޓުވާ ވާހަކައާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުން ސޯޝަލް މީޑިއާގައި އަންނަނީ އިންޑިއާއާއި ދެކޮޅަށް ޝުޢޫރު ފާޅު ކުރަމުންނެވެ. އެމީހުންގެ ބާރުގެދަށަށް ރާއްޖޭގެ އެންމެ އިންޗިއެއްވެސް ދޫކޮށްލަން ބޭނުންނުވާ އެމްޑީޕީ މެމްބަރުން ވަރަށް ގިނައެވެ. ވަކި މަގުސަދެއް ހާސިލު ކުރުމަށް ނުވަތަ ވަގުތީ މަންފާއެއްގެ ބޭނުމުގައި ބަޔަކު ގައުމަށް ބޭނުންގޮތެއް ވާންދޫކޮށްލަން ތިއްބަސް އިދިކޮޅު މީހުންނަށްވުރެ އެކަމާއި އެންމެ ކަންބޮޑުވެ ގައުމުގެ ހިމާޔަތުގައި ނިކުންނާނެ ކަމަށް މިހާރު ބެލެވެނީ ހަމަ އެމްޑީޕީއެވެ. އެޕާޓީގެ އިސްފަރާތްތަކުން ޕާޓީގެ ހިންގުމާއިވެސް މިހާރު ދުރުވާން ފަށައިފިއެވެ. އަދި ފާޅުގައި ސަރުކާރާއި ދެކޮޅަށް އަޑުވެސް އުފުލަން މިހާރު ފަށައިފިއެވެ.
ދިވެހިންނަކީ ގައުމަށް ޣައްދާރުވުމަށް މަދު ދިވެހިން ތަކަކަށް ދޫކޮށްގެން ތިބޭނެ ބަޔެއް ނޫނެވެ. މީގެ ކުރިން ކަޅު މުޙައްމަދު ރަސްގެފާނާއި އަދި ބާޣީ ލުތުފީމެންފަދަ ޣައްދާރުންވެސް ދިވެހިން ހަމަ ބަލިކޮށްލީ ގައުމުގެ ޙައްގުގައި އަދި އަންނަން އޮތް ޖީލުތަކަށް މިނިވަން ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ފޯރުކޮށްދިނުމުގެ ހެޔޮ ނިޔަތުގައެވެ. އަދިވެސް ހަމަ މިއީ އެދިވެހިންނެވެ. ރާއްޖޭގެ އެއްވެސް ހިސާބެއްގައި އިންޑިއާގެ މިލިޓަރީ ބާރު އޮތުމަކަށް ދިވެހިން ނޭދޭނެކަން ހަމަޔަގީނެވެ. އެމްޑީޕީގެ ގިނަ މެމްބަރުންގެ ރޫޙަކީވެސް މިއެވެ.
އެމްޑީޕީގެ ވެރިކަމަށް މީގެ ކުރިން ދިމާވި ފަދަ ކަމެއް ދިމާވުމަށް މެމްބަރުން ބޭނުން ނުވާތީ އަދި މަޑުމަޑުން ތިބީ ޕާޓީ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ދަރިންގެ މުސްތަގުބަލު ބަނަވާކަށް އެމީހުންވެސް ނޭދޭނެއެވެ. ޕާޓީއަށްޓަކައި ބެލެވޭނީ ވަކި ވަރަކަށްކަން މިހާރު އެމްޑީޕީގެ ގިނަ މެމްބަރުން އަންނަނީ ފާޅުގައި ކެރިގެން ބުނަމުންނެވެ. ސަރުކާރު ތެރޭގައި ވައްކަން ކުރާވާހަކައާއި އަދި ސަރުކާރުން ކުރާ ދެކޮޅު ނުޖެހޭ ވާހަކަ ކޮފީ މޭޒު ތަކުގައިވެސް މިހާރު ދައްކަނީ ހަމަ އެމްޑީޕީ މެމްބަރުން ކަމީ ބަޔަކު ދެބަސްވާނެ ކަމެއް ނޫނެވެ. "ސޭވް އައްޑޫ" ގައިވެސް ހަރަކާތްތެރިވާ އެމްޑީޕީ މެމްބަރުން މިހާރު މަދުނޫންކަން އެހަރަކާތް ހިންގާ ފަރާތްތަކުން ބުނައެވެ.

ކިޔުންތެރިންގެ ހިޔާލު