ދިވެހި ޕާސްޕޯޓަށް އެދި ހުށައަޅާ ފަރާތްތަކުން މޯލްޑިވްސް އިމިގްރޭޝަން ވަޑައިގެންނެވުމުގެ ބަދަލުގައި އޮންލައިންކޮށް، އީމެއިލް މެދުވެރިކޮށް ހުށައެޅުއްވުމަށް މޯލްޑިވެސް އިމިގްރޭޝަނުން އެދިއްޖެއެވެ.

އިމިގްރޭޝަނުން ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއިން ކޯވިޑް-19 ވައިރަސް ފެނިފައިވާތީ ރައްކާތެރި ވުމުގެ ގޮތުން ގެއިން ބޭރަށް ނުކުމެވަޑައިގެންނެވުން މަދު ކުރެއްވުމަށް އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމަށާއި، އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކެވުމަށް އެންމެހާ ރައްޔިތުންނަށް ނަސޭޙަތްތެރި ވެފައިވެއެވެ. މި ފިޔަވަޅަކީ ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައި ވުމާއެކު ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިގޮތުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށައަޅުއްވާ ފަރާތްތަކުން ([email protected]) އީމެއިލް އަށް ލިޔުންތައް ފޮނުއްވުމުން، އޮންލައިންކޮށް ފައިސާ ދެއްކެވުމާގުޅޭ ތަފްޞީލްތައް އީމެއިލް މެދުވެރިކޮށް ފޯމު ހުށައެޅި އީމެއިލް އެޑްރެހަށް ލިބިވަޑައިގަންނަވާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަންގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ޕާސްޕޯޓު ދޫކުރާނީ އޮންލައިންކޮށް ފައިސާ ދައްކަވާތާ 24 ގަޑިއިރު ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން