މިވަގުތަކީ މިއުޒީޝަނުންގެ ޖަމިއްޔާއެއް އޮތުމުގެ މުހިންމުކަން އިހުސާސް ކުރެވޭ ވަގުތެއް ކަމަށް ވިދާޅުވެ މި ސަރުކާރުގެ އާޓްސް އާއި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓަކަށް އަލީ ރަމީޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި މިހާރު ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޢަލީ ރަމީޒު، ޔުމްނާ މައުމޫނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މިއީ ހެޔޮމަގަށް އެނބުރެންޖެހޭ ވަގުތު ކަމުގައި ވިދާޅުވެ އަލީ ރަމީޒު ވަނީ ޔުމްނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ބައެއް ޓީވީ ޗެނަލް ތަކުގައި ދީނީ ޕްރޮގްރާމްތައް ހުށައަޅުއްވައި ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ ޢަލީ ރަމީޒްގެ ޓްވީޓްގައި، މިވަގުތަކީ ﷲ ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކުން ދުރުވެ، ފާފަ ފުއްސެވުން އެދި ދުޢާކޮށް، ހެޔޮމަގަށް އެނބުރެންޖެހޭ ވަގުތު ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި އަންހެން ކަނބަލުންވެސް އައުރަ ނިވާކުރައްވައި ފުރިހަމަ މުސްލިމުންގެ ގޮތުގައި އުޅުމަށް ޢަޒުމް ކަނޑައެޅުމަށްވެސް ޢަލީ ރަމީޒްގެ ޓްވީޓްގައި ނަޞޭޙަތްތެރިވެ ވަޑައިގެންފައި ވެއެވެ.

ޢަލީ ރަމީޒްގެ ޓްވީޓަށް ތާޢީދުކޮށް ކޮމެންޓް ކުރަމުންއަންނަ ބައެއް ފަރާތްތަކުން ވަނީ މިވަގުތަކީ މިއުޒިކް ކުޅުމުގެ ބަދަލުގައި، ނަމާދުކޮށް ޤުނޫތު ކިޔުން ގިނަކުރަންވީ ވަގުތުކަމަށް ބުނެފައެވެ.

ކޯވިޑް-19 ގެ ބިރުވެރިކަން ރާއްޖެއަށް ވެސް ފެތުރި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ބަދަލުގައި ގެދޮރުގައި ނަމާދުކުރުމަށް ސަރުކާރުން އަންގާފައިވާ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ ވަޒީރަކު މިމޭރުމުން ވާހަކަ ދެއްކެވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު


15

24-Mar-2020

ސުކުރީއްޔީ އަލީ


17

24-Mar-2020

އަލީ ރަމީޒު އެބުނުއްވީ ހެޔޭ ބަސްފުޅެއް ހެދުންމެއް ލާފަ ހަރުވާޅެއް ލިޔަސް އަދި އައުރަ ނިވާވީ ކަމަކައް ނުބެލެވޭނެ ތިބުގާވެސް އަޅާ ލައްވަވާ


18

22-Mar-2020

ޢަލީ ރަމީޒު ބުނުއްވީ ވަރަށް ހެޔޮ ބަހެއް އެހެނީ އަންހެނުން ނަކީ އަޢުރަ ނިވާކުރަން ޖެހޭނެ ބައެއް ފޫގޮޅި ޖެހުމަކުން އަޢުރަ ނިވާވީކީ ނޫން މިނިސްޓަރަކު ވިޔަސް .


-4

22-Mar-2020

ޢަލީ ރަމީޒު ބުނުއްވީ ވަރަށް ހެޔޮ ބަހެއް އެހެނީ އަންހެނުން ނަކީ އަޢުރަ ނިވާކުރަން ޖެހޭނެ ބައެއް ފޫގޮޅި ޖެހުމަކުން އަޢުރަ ނިވާވީކީ ނޫން މިނިސްޓަރަކު ވިޔަސް .


15

އަބުރާހިމް

22-Mar-2020

ސުކުރިއްޔާ އަލީރަމީޒް


-3

ސަމާ

22-Mar-2020

ރެޑްޖިންނި މޫނާ ދެ އަތްތިލަ ނިވާކުރުމޭތޯޯ؟ މޫނާ ދެ އަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެއް ނޫންތޯ؟


10

ހަލީމް

20-Mar-2020

ގޭތެރޭގެ މައްސަލަތޢް ހައްލުކުރުމަށްފަހު އެހެން މީހުންގެ ވާހަކަދެއަކުމަށް އަލީ ރަމީޒައް ނަސޭހަތްތެރިވަން. ރާފިއަތު އަދިވެސް ލަވާގަ. ބުރުގާއެއްނެތް. ދުރުތިބީންގެ ވާހަކަ ދައްކާނީ ތިމާމެން އިސްލާހްވުމަށްފަހު


3

މޭޑް

20-Mar-2020

މިއުޒިކް ޙަރާމް. ޓެރަރިޒަމް އޯކޭ.!


16

ސެންޓި

20-Mar-2020

އަލީ ރަމީޒުގެ ކުރީގެ ބިޓެއް ދޯ އެއީ.ކޮންމެ އަކަސް އައްޔަ އެބުނީ ބުނަން ޖެހޭ އެއްޗެއް.


7

ކިލީ

19-Mar-2020

މައުމޫނު އާއިލާ އަކީ މިގައުމުގެ ހަލާކު


-15

ރޯޒު

19-Mar-2020

ޝުކުރިއްޔާ އަލީ ރަމީޒު.


-5

صلاح

19-Mar-2020

ޔުމްނާއްތަ ފެން ޢައްޔަބޭގެ ނަސޭހަތް ގަބޫލު ކުރައްވާ!


4

ފަރީދާ

19-Mar-2020

ޝުކުރިއްޔާ އަލީރަމީޒް. ޔުމްނާ ދައްތައަށް ވިސްނޭނެ ތިވަރުން



ޓްރެންޑިން