ދަޢުލަތުގެ އިސްވެރިންގެ މުސާރައިގެ 20 އިންސައްތަ އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކާއި، ކޮމިޝަންތަކުގެ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މަޖިލީހަށް ހުށައެޅި އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރުމުގެ މައްސަލަ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގެ ބަހުސްގައި ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެފައިވަނީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި، ރާއްޖޭގައި ތިއްބެވި ވިޔަފާރިވެރިންގެ ފަރާތުން ދަޢުލަތަށް ލިބިދެވޭނެ އެހީތެރިކަމާމެދު ރައްޔިތުންގެ މަޖިލީހުން އެބޭފުޅުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު އޭދަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ސަލީމްވަނީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މަޖިލީހުން ސަރުކާރާ ގުޅިގެން އިޤްތިޞާދީ ޕްލޭނެއް ހެދުމަށާއި، ޢާއްމު ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ކަންތައްތައް ތަރުތީބު ކުރުމަށް ގޮވާލާފައެވެ.
މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވާ ހީނަރުކަން ފޫބެއްދުމަށްޓަކާ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކާ ކުރެވޭ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތައް ވެސް ކުޑަކުރުމަށް އެމަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން މަޖިލީހުގެ ކޮއްތު ކަނޑާލައިގެންނާއި އެހެނިހެން ގޮތްގޮތުން ޚަރަދު ކުޑަކޮށްގެން މަޖިލީހުގެ ބަޖެޓުން ފައިސާ ބާކީ ކުރުމަށް ވަނީ ނިންމާފައެވެ .

ކިޔުންތެރިންގެ ހިޔާލު