އެސް.އެމް.އީ ލޯނުތައް އަނބުރާދެއްކުން ހަ މަސްދުވަހަށް ފަސްކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ނިންމަވައިފިއެވެ.

އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން، އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި، އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި 6 މަސްދުވަހުގެ އިންޓްރެސްޓް ރޭޓް %4 އަށް ކުޑަކުރެވިފައިވާ ކަމަށްވެސް މި ޓްވީޓްގައި ވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޤައުމުތަކުގެ އިޤްތިޞާދަށް ވަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ. ދުނިޔޭގެ ގިނަ ޤައުމުތައް ލޮކްޑައުން ޙާލަތަށް ގޮސްފައިވާއިރު، މި އަޑިގަނޑުން އަރައިގަތުމަށް ދިގު މުއްދަތެއް ހޭދަވާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން