ރިޒޯޓުތަކާއި އެހެނިހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު އެންގުމެއްގައި، މިރޭ 21:00 އިން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް، ރިޒޯޓުތަކުން މީހުން ދިރިއުޅޭ ރަށަކަށް މީހުން ދަތުރުކުރުމާއި، ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުމާއި، އެއް ރިޒޯޓުން އަނެއް ރިޒޯޓަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅުތަކެއް ކަމަށާއި، މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން