32 ޓަނުގެ ސިއްހީ އާލާތްތައް މިއަދު ރާއްޖެ ގެނައްސިއެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން ދޭން ޖެހޭ ސިއްހީ ފަރުވާދިނުމަށް ބޭނުންވާ އާލާތްތައް ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން އައިސީޔޫގައި ބޭނުން ކުރާނެ މެޝިނާއި، ސިއްހީ އާލާތްތައް މިއަދު ގެނެސްފައިވަނީ ދުބާއީ އިން އައި ފްލައިޓަކުންނެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި ކޯވިޑް-19 އަށް ޓެސްޓު ހެދޭނެ މަގު ވަނީ ފަހިކޮށްފައެވެ. އަދި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ 5000 ކިޓު ޑަބްލިއުއެޗްއޯ އިން ވަނީ މާރޗް 15 ވަނަ ދުވަހު ރާއްޖެ އަށް ހަދިޔާކޮށްފައެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކުން ސާމްޕަލް ނެގިއަސް 12 ގަޑިއިރު ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން