ފަތުރުވެރިކަމުގެ ސިނާޢަތުގެ އެހީތެރިކަމާއެކު ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް މިއަދު ރާއްޖެ ގެނައްސިއެވެ.

ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އުފައްދަވާފައިވާ "ނޭޝަނަލް ޓާސްކްފޯސް" ގެ މަޝްވަރާގެ މަތިން ރާއްޖެ ގެނައި މި ޓީމުގައި ހިމެނެނީ ތަޖުރިބާކާރު 2 ޑޮކްޓަރުންނާއި، 2 ނަރުހުންނާއި، އެމަރޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ އިތުރުން ކޯރޑިނޭޓަރަކު ކަމަށެވެ.

އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވިގެންވާ މިޓީމުން މަސައްކަތް ކުރާނީ ކަމާބެހޭ ދިވެހި ޓީމްތަކާއެކުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖެއިން މިއަދާ ހަމައަށް 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ކަރަންޓީންގައި 82 މީހަކު އެބަ ތިއްބެވެ. އަދި އައިސޮލޭޝަންގައި 15 މީހަކު އެބަތިބި ކަމަށް ސަރުކާރުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން