ކޯވިޑް-19 އާއި ގުޅިގެން މިއަދު އެކަނިވެސް ރާއްޖެއިން 75 ސާމްޕަލެއް ނަގާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި ޓެސްޓުކުރި ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިރޭ ވަނީ 08 މީހެއްގެ ސާމްޕަލްގެ ނަތީޖާ އިއުލާން ކުރައްވާފައެވެ.

އެއީ ކުރެއްދޫ އިން ސާމްޕަލް ނެގި މީހަކާއި، ބެންގަލޫރުން އައި ދިވެއްސެއްގެ ގައިން ނެގި ސާމްޕަލާއި، ގިލިލަންކަން ފުށިން ނެގި ދެމީހެއްގެ ސާމްޕަލާއި އަނަންތަރާ ކިހަވަށް ރިސޯޓުން ނެގި ސާމްޕަލަކާއި މައިސްކައި ނަމަކަށް ކިޔާ ޔޮޓުން ނެގި ސާމްޕަލަކާއި ފުރަވެރި ރިސޯޓްގެ ދެމީހެއްގެ ގައިން ނެގި ސާމްޕަލެކެވެ.

ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާއިރު، މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން