ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ޖުމްހޫރީން ޕާޓީން އެ ޕާޓީގެ ސިޔާސީ ޙަރަކާތްތައް ފަށާފައިވާއިރު، މިރޭ އޮންނަ ޖަލްސާގައި ޕާޓީއަށް އަލަށް ސޮއިކުރާ މެމްބަރުންގެ ފޯމުތައް ހަވާލުކުރުން އޮންނާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން މަޢުލޫމާތު ދީފައިވެއެވެ.

މި ޖަލްސާ އޮންނާނީ އެޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި މިރޭ 20:30 ގައެވެ.

ޖުމްހޫރީ ޕާޓީން ވަނީ މި ޖަލްސާގައި ޕާޓީގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން