ސެނިޓައިޒާއާއި މާސްކްގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާފުކޮށްދެއްވައިފިއެވެ.

މިއަދުން ފެށިގެން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އަމިއްލަ ވިޔަފާރިތަކުން ރާއްޖެ އެތެރެކުރާ މާސްކާއި ސެނިޓައިޒާ އިން ނަގާ ޑިއުޓީ އާއި އެފަދަ ތަކެތިން ނަގާ ޕްރޮސެސް ފީ މައާފްކޮށް ދެއްވަން ރައީސް ނިންމަވާފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ބަޔާނެއްގައެވެ. އެގޮތަށް އެ މަނިކުފާނު ނިންމެވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މީގެ ކުރިން، ސާޖިކަލް މާސްކުން ނަގަމުން އައީ، 15 ޕަސެންޓް ޑިއުޓީ އެވެ. އަދި ސެނިޓައިޒާއިން ނަގަމުން އައީ، 10 ޕަސެންޓް ޑިއުޓީ އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސެނިޓައިޒަރ އާއި، މާސްކްގެ ޑިމާންޑް ބޮޑުވެ، އެސްޓީއޯ އިން ވަނީ އެ ތަކެތި ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައެވެ.

މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖެއިން ފެނިފައިވާއިރު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު މިހާތަނަށް ހިމެނިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން