ރައީސް ޞާލިޙް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ޞާލިޙް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ލ. ގަމުގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ލ. ގަމު ކެންސަރ ހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް އަންނަ ހަފުތާގައި ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހައްދުންމައްޗަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްވަވަމުން މާލީ ވަޒީރު އިބްރާޙިމް އަމީރު ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އޭރު ވިދާޅުވީ، އެ މަޝްރޫއު ވެގެންދާނީ ކެންސަރާއި، ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގައި މީހުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަސައްކަތަކަށް ކަމަށެވެ.

އިންޑިއާގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ޑިސެންބަރު 4، 2019 ގައި އިއުލާނު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން