ކޮރޯނާ ވައިރަހާއި ދެކޮޅަށް މަސައްކަތްކުރާ ބޭހެއް ޗައިނާގެ މެޑިކަލް ސައިންސްވެރިން ހޯދައިފިއެވެ.
ޖަޕާންގައި އުފައްދާފައިވާ އެންޓި ވައިރަލް ނުވަތަ ވައިރަލްއާ ދެކޮޅަށް ބޭނުން ކުރާ މިބޭހަކީ އިންފްލުއެންޒާ ޔެލޯ ފީވަރ އަދި އެބޯލާއާއި ފުޓް އެންޑް މައުތު ބައްޔަށް ދޭ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބޭހެކެވެ. ފަވިޕިރާވިރް ނުވަތަ އަވީގަން ނަމަކަށް ކިޔާ މި ބޭހަކީ 2014 އިން ފެށިގެން ޖަޕާނުގައި ބޭނުން ކުރުމަށް ހުއްދަ ކޮށްފައިވާ އަދި ބޭނުން ކުރަމުން އަންނަ އެންޓި- ވައިރަލް ބޭހެކެވެ. މިހާރު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް މިބޭސް މަސައްކަތް ކުރާކަން ޗައިނާގެ މެޑިކަލް ސައިންވެރިންނަށް މިހާރު ވަނީ ކަށަވަރުވެފައެވެ.
ކޮރޯނާ ވައިރަހުން ޖެހޭ ކޯވިޑް-19 ޖެހިފައިވާ ވުހާންއާއި ޝެންޒަންގެ 320 މީހުންނަށް މިބޭސް ދީގެން އަޖުމަ ބަލާފައިވާއިރު މިބޭހުން ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެއް ލިބިފައިވާ ކަމުގައި ސައިންސްވެރިން ވަނީ ބުނެފައެވެ.
ޗައިނާގެ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ބުނެފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް މިބޭސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި އަދި މިބޭހުގެ ފަރުވާ ވެސް ވަރަށް ރަށްކާތެރިވެފައި ކަށަވަރު ކަމުގައެވެ. މި ބޭސް ދީގެން ހަތަރު ދުވަހުން ބަލީގެ ވައިރަސް ފިލައިގެންދާކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.
ކޯވިޑް-19 އަށް ފަރުވާ ދިނުމުގައި މިބޭސް ބޭނުން ކުރުމަށް ޗައިނާގެ މެޑިކަލް ޓީމުތަކަށް އިރުޝާދު ދީފައިވާ ކަމަށާއި އެމީހުން ބައްޔަށް ދޭ ފަރުވާގައި މިބޭސް ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމުގައި ޗައިނާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވެއެވެ.
ޖަޕާނުގައި އުފައްދާފައިވާ މި ބޭހުގެ ބޮޑު ސްޓޮކެއް އުފައްދައިގެން ބޭސް ބޭނުންވާ ފަރާތްތަކަށް މަދުނުވާވަރަށް ބޭސް ފޯރުކޮށްދިނުމަށް ޗައިނާގެ ބޭސް އުފައްދާ ކުންފުންޏަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަވީގަން އުފެއްދި، ޖަޕާނުގައި މީގެ ދެ މިލިއަން ގުޅައިގެ ބޮޑު ސްޓޮކެއް އެބަހުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކޮރޯނާ ވައިރަހުން ޖެހޭ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ޖަޕާނުގައި ވެސް މިބޭސް ދަނީ މިހިނގާ މާރޗް މަހުން ފެށިގެން ބޭނުން ކުރަމުންނެވެ. ނަމަވެސް ބަލީގެ އެންމެ ނުރައްކާ މީހުންނަށް މިބޭހުން މާ ބޮޑު ފަރުވާއެއް ލިބޭކަމަކަށް އަދި ކަށަވަރު ނުވާކަމަށް ޖަޕާނުގެ ރިޕޯޓްތައް ބުނެއެވެ. މި ބޭހަކީ މާބަނޑު މީހުންނަށް ވެސް ބޭނުން ކުރެވޭ ބޭހެއްނޫނެވެ. ޖަޕާނުގެ މި ބޭހުގެ ތަހުލީލުތައް މާބޮޑަކަށް ހާމަކޮށްފައެއް ނުވެއެވެ.
މި ބޭހަކީ ކެމެރާ އުފެއްދުމުގައި ދުނިޔޭގައި މަޝްހޫރު ޖަޕާންގެ ފުޖިފިލްމްގެ ބޭސް އުފައްދާ ގޮފިން އުފައްދާފައިވާ ބޭހެކެވެ.

ކިޔުންތެރިންގެ ހިޔާލު