ޢަލީ ވަޙީދު (ކ) އާއި ޕީޖީ ޝަމީމް (ވ)
ޢަލީ ވަޙީދު (ކ) އާއި ޕީޖީ ޝަމީމް (ވ)
ޕީޖީ އަކަށް ހުރީ ސައްޙަ ދަޢުވާ އުފުލަން ނޭނގޭ މީހެއް ކަމަށް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން އެކަކުގެ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހެއްކަން އޭނާގެ އަމިއްލަ ބަހުން ވެސް އެނގޭ ކަމަށް މައްސަލާގައި ދަޢުވާ ލިބޭ އިސްމާއިލް ރަޝީދުގެ ދިފާޢީ ވަކީލް މައުމޫން ހަމީދު ވިދާޅުވުމާ ގުޅިގެން ޢަލީ ވަޙީދު މިއަދު ވިދާޅުވީ، މިހާރު ޕީޖީ އަކަށް ހުރީ ސައްޙަ ދަޢުވާ އުފުލަން ނޭނގޭ މީހެއް ކަމަށެވެ.

ކޮންމެ ދުވަހަކު ފެންނަމުން ދަނީ ޕީޖީގެ ނާޤާބިލްކަން ކަމަށާއި، އޭގެ އިތުރުން ޝަމީމަކީ "ވަގު ފައިސާގެ ދިފާޢީ ވަކީލު" ކަމަށް ޢަލީ ވަޙީދު ވިދާޅުވާ ވާހަކަފުޅު މިއަދުވެސް ވަނީ ތަކުރާރު ކުރަށްވާފައެވެ. އަދި ޝަމީމް ދަނީ ކަމަކަށް ކަމެއް ކުރަމުން ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"މީހަކު މެރި މީހަކު ސިއްރު ހެކިވެރިއަކަށް ހަމަޖައްސައި، ކޯޓުތަކުގައި ސައްޙަ ދަޢުވާ އުފުލަން ނޭނގޭ މީހަކު ޕީޖީއަކަށްލައިގެން އިންސާފެއް ނެތް." ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ޢަލީ ވަޙީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ސައްޙަ ލިސްޓު ފެށެނީ މިއަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާއި ހަމައިން ކަމަށެވެ. އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުޅުއްވި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން ނޯޅޭނެކަމަށާއި، އެ ދަބަހުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރަށްވާނެ ކަމަށް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

ވަޒީރުކަމުގައި ހުންނެވިއިރު މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ގިނަ ދައުވާ ތަކެއް އުފުލާފައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލުމުން ގައުމު ދޫކުރައްވާ ވަޑައިގެން އުޅުއްވާ އަލީ ވަހީދު މިފަހަކަށްއައިސް ގެންދަވަނީ ޕީޖީ ޝަމީމަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން