ޑިޕްލޮމަޓިކް ޕާސްޕޯޓުތައް ފިޔަވައި، އެހެން ޕާސްޕޯޓުތައް ގެންގުޅޭ ފަރާތްތަކަށް، އޮން-އެރައިވަލް ވިސާ ދިނުން އެކުވެރި އަރަބި އިމާރާތުގެ ސަރުކާރުން ނިންމާފައިވާ ކަމަށް

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. އެކުވެރި ޢަރަބި އިމާރާތުން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ 19 މާރިޗް 2020 އިން ފެށިގެންނެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނީ އެކުވެރި އަރަބި ޢިމާރާތަށް ދަތުރުކުރަން ގަސްތުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެމިނިސްޓްރީ އެދިފައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުން ދިއުމާއި ގުޅިގެން އެކުވެރި އަރަބި އިމާރާތުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް މިނިސްޓްރީއިން އިރުޝާދު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން