ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި، އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށް ރާއްޖޭގެ ޚާރިޖީ އޮފީހުން އިލްތިމާސް ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

ފޮރިންމިނިސްޓްރީގެ ބަޔާނުގައި ރާއްޖޭން ބޭރަށް މި ދުވަސްވަރު ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއެން ބުނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ވެސް 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށެވެ. މެލެޝިޔާ ފަދަ ބައެއް ޤައުމުތަކުން އަރާފުރުން މަނާ މުރުމާއި ގުޅިގެން ބައެއް ދިވެހިން އެރަށްރަށުގައި ނުފުރި ތާށިވެފައިވާ ކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން