ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަށް ހުރެގެން ޕެރަޑައިސް އައިލަންޑް ރިޒޯޓްގެ 2 ބިދޭސީއަކާއި 8 ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ހެލްތު ޕްރޮޓކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.
ކޮރޯނާ ވައިރަސްއާއި ބެހޭގޮތުން މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެފައިވަނީ މިހާރު ބައްޔަށް ތަހުލީލު ކުރާ އުސޫލަށް ބަދަލުގެނެވިފައިވާތީ ކުރިން ބައްޔަށް ޓެސްޓު ކުރަމުން އައި މިންވަރާ މިހާރު ކުރެވޭ ޓެސްޓްތަކު އަދަދު އިތުރު ކޮށްފައިވާ ކަމަށެވެ. މިއީ ކުރިއަށްވުރެ ބަލީގެ ނުރައްކާ ބޮޑުވެގެން އެޅި ފިޔަވަޅެއް ނޫން ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 13 މީހެކެވެ. މީގެތެރޭގައި މުޅިން ވެސް ހިމެނެނީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު