ކޮރޯނާ ވައިރަހާއި ގުޅިގެން ރައްޔިތުންނަށާއި ވިޔަފާރި ތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށްޓަކާ ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މީގެތެރޭގައި ކުރިއަށް އޮތް ދެމަހުގެ ( އެޕްރީލް އަދި މެއި) ފެން ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ކުރިއަށް އޮތް ދެ މަހުގެ ( އެޕްރީލް އަދި މެއި) ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.
މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މީގެ ތެރޭގައި ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބައްދައި ވޯކިންގ ކެޕިޓަލްގެ ގޮތުގައި ދެއްވާ އެހީ ދޫކުރާނީ ހަ ޕަސެންޓް އިންޓްރަސްޓް ރޭޓުގައި ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ލިބޭނެއެވެ.
މި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ މި ޕެކޭޖްގެ މައިގަނޑު މަޤުޞަދަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން ކަމަށެވެ. ބޭނުމަމީ ވިޔަފާރިއަށް މިއައި ހީނަރުކަމުގައި އެއްވެސް ދިވެއްސެއްގެ ވަީފާ ނުގެއްލުން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އިޤްތިޞާދީ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިކަމުން އަރައި ގަތުމަށް މާލީ އެހީ ހޯދުމަށް ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކަމުން ދާކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިއަށް ނަގާފައިވާ ލޯނުތައް އަލުން ދައްކަން ފެށުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދިނުމާމެދު މަޝްވަރާކޮށް އެފަދަ ގޮތަކަށް ހަމަޖެހިފައިވާ ކަމުގައި ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް މިކަން ނިންމާނީ މި ހާލަތުގައި ވިޔަފާރިތަކަށް ގެއްލުންވެފައިވާ މިންވަރު ދެނެގަތުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު