ޕްރީސްކޫލް ކުޑަކުއްޖާއަށް ޖިންސީގޯނާކުރި މުވައްޒަފު ސަސްޕެންޑްކޮށްފައިވާ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު ސްކޫލަކަށް ހުށަހެޅުމާއެކު އެކަން އެ ވުޒާރާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މައްސަލަ ބަލާ ނިމެންދެން އެކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑު ކޮށްފައިވާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.
ފުލުހުން އިއްޔެބުނީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު