އެހެން ޤައުމުތަކުން ފުރާ ޔޮޓާއި ސަފާރީފަދަ އުޅަނދުފަހަރު ރާއްޖެ އައުމާއި، އެއްވެސް ރަށެއްގައި ބަނދަރުކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު އިއުލާނެއްގައިވަނީ މިރޭ 00:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން އެހެން ޤައުމުތަކުން ފުރާ ޔޮޓާއި ސަފާރީފަދަ އުޅަނދު ފަހަރު ރާއްޖެ އައުމާއި، އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅުތަކެއް ކަމަށާއި، މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަންގާކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން